ދިވެހިރާއްޖެ
އިޢުލާން
2019ވަނަ އަހަރު މިސްކޫލްގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް ނުވަތަ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމާބެހޭ: ( އެގްރިމެންޓުކުރާ ތާރީޚުންފެށިގެން 2019 ގެ ނިޔަލަށް )
މި ސްކޫލްގެ ޕްރިންސިޕަލް ހުންނަވަން 2 ކޮޓަރިއާއި ސިޓިންގ ރޫމަކާއި ކައްކައި ކައިހެދޭގޮތަށް ހުރި ގެއެއް ނުވަތަ އެޕާރޓްމަންޓެއް 2019 ގެ ޑިސެމްބަރގެ ނިޔަލަށް ކުއްޔަށް ހިފަން ބޭނުންވެއެވެ. ވީމާ، މިފަދަ ޢިމާރާތެއް ކުއްޔަށް ދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ސްކޫލްއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ،ފޮނުވާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއްވެސް ހުށަހަޅުއްވަންވާނެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް ނަންނޯޓް ނުކުރާ ފަރާތްތަކަށާއި ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށްއަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ.
1- މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2019 ޖެނުއަރީ 24 އިން 2019 ޖެނުއަރީ 27 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:30 އަށް މި މަދަރުސާއަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.
2- މި ޕޮރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2019 ޖެނުއަރީ 27 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
3- މި ޕޮރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޖެނުއަރީ 28 ވާ އަންގާރަ ދުވަހުގެ 11:30 ގައި މި މަދަރުސާގެ އޮފީހުގައެވެ.
4- ބިޑް ހުޅުވުން އޮންނާނީ 2019 ޖެނުއަރީ 30 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި ދ. އަތޮޅުމަދަރުސާގެ އޮފީހުގައެވެ.
5- މި ޕޮރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިއުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
6- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ދ.އަތޮޅު މަދަރުސާ
ފޯނު ނަންބަރ: 7952915
އީމެއިލް: [email protected]