ޢާންމު މަޢުލޫމާތު
ނަންބަރު: 371-B1/2019/10
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 03 ފެބުރުވަރީ 2019 00:13
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިލެތްދޫ އިޖުތިމާޢީ ސަރަޙައްދުތައް ކުހިކަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

 

މިއިދާރާގެ ނަންބަރު:371-B/2019/05   ( 15 ޖެނުއަރީ 2019 ) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު   ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

2019  ވަނަ އަހަރު މިރަށު އިޖުތިމާޢީ ޞަރަހައްދުތައް ކުނިކަހާ ސާފްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޖެނުއަރީ 30 ވާ ބުދަ ދުވަހުގެ  މެންދުރު 11.00 ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2019 ފެބުރުއަރީ 03 ވާ އާދިއްތަ ދުވަހުގެ މެންދުރު 13.00 ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ  -/100 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ބިލެތްދޫ އިޖުތިމާޢީ ޞަރަހައްދުތައް ކުނިކަހައި ސާފަ ކުރުމަށް އެދި " މިހެން ލިޔުމަށްފަހުގައެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް

   - މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު

                      24   ޖެނުއަރީ    2019

24 ޖަނަވަރީ 2019