މަސައްކަތް
ނަންބަރު: (IUL)236-IED/236/2019/02
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 12:23
ސުންގަޑި: 10 ފެބުރުވަރީ 2019 11:00
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯފެންއަޅާ ކަޅުހަން ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

ބޯފެންއަޅާ ކަޅުހަން ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

                  މިއިދާރާގެ ނަންބަރ:(IUL)236-IED/236/2019/01 (08 ޖެނުއަރީ 2019) އިޢުލާނާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތަކުގެ އަގުތައް ބޮޑުކަމަށްވާތީ އެއިޢުލާން ބާތިލްކޮށް އަލުން މިއަތޮޅުގެ ރަށްރަށަށް މިކައުންސިލުން ފޯރުކޮށްދިނުމަށް ބޭނުންވާ ސާފުބޯފެން އަޅާ 2000ލިޓަރގެ 84 ކަޅުހަން ފޯރުކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިއަދަދަށް ކަޅުހަންގަނެ މިއަތޮޅުގެ ރަށްރަށަށް ޑެލިވަރކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 30 ޖެނުއަރީ 2019ވާ ބުދަދުވަހުގެ 11:00އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތުސާފުކުރެއްވުމަށްފަހު 10 ފެބުރުއަރީ 2019ވާ އާދިއްތަދުވަހުގެ 11:00ގައި މިއިދާރާއަށް ވަޑައިގެން ބަންދުކުރި ސިޓީއުރައެއްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތެއްގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7764902 ނުވަތަ 6720600 އާއިއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޖަނަވަރީ 2019