ވަޒީފާގެ ފުރުޞަތު
ނަންބަރު: 146-A1/2019/11
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 10:07
ސުންގަޑި: 03 ފެބުރުވަރީ 2019 13:00
ފެމިލީ ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 146-A1/2019/11:ނަންބަރު

 

 

އިޢުލާން

މަޤާމު:

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު :

 01 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

 އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

 ޖީ.އެސް 3

މަޤާމުގެ އަސާސީ މުސާރަ:

 4465.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން:

 ފެމިލީކޯޓު / ކައިވެނި ކޮށްދިނުމާއި ރަޖިސްޓްރީކުރުމާބެހޭ ބައި

އެލަވަންސްތަކާއި ޢިނާޔަތްތައް:

 - ސަރވިސް އެލަވަންސް: މަހަކު 1500.00 ރުފިޔާ،

 - ލިވިންގ އެލަވަންސް: މަހަކު 2700.00 ރުފިޔާ،

 - ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %40 (މަހަކު)،

 - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

މަޤާމުގެ އަސާސީ ޝަރުތު:

 

 - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން، ނުވަތަ

 - މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކުހެއް ލިބެމުން ދިއުމާއިއެކު، ޖީ.އެސް 2 ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 

 

 - ކޯޓުގެ ކައިވެނިކޮށްދިނުމާއި ރަޖިސްޓްރީކުރުމާބެހޭ ބަޔަށް ލިބޭ އެންމެހައި ލިޔެކިޔުންތައް ބަލައިގަތުމާއި ލިބޭ ހުރިހާ ލިޔެކިޔުންތައް މެމްސްގެ "މެއިލް މެނޭޖްމަންޓް" މޮޑިއުލް މެދުވެރިކޮށް އެންޓްރީ ކުރުން.

 - އީ-ގަވަރމަންޓް މެދުވެރިކޮށް ލިބޭ އެންމެހައި ލިޔެކިޔުންތައް މެމްސްގެ "މެއިލް މެނޭޖްމަންޓް" މޮޑިއުލް މެދުވެރިކޮށް އެންޓްރީކުރުން.

 - އެންޓްރީ ކުރެވޭ ލިޔެކިޔުންތައް ސްކޭންކުރުމަށްފަހު މެމްސްގައި އެޓޭޗްކުރުމާއި، އެންޓްރީ ކުރެވޭ ލިޔެކިޔުންތައް ހަމަޖެހިފައިވާ ގޮތުގެމަތިން ސެކްޝަންތަކާ ޙަވާލުކުރުމާއި އޭގެ ރެކޯޑްސް ބެލެހެއްޓުން.

 - މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް ޤަވާޢިދުން މަޢުލޫމާތު ސާފުކޮށްދިނުން.

 - ކޯޓުގެ ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ޚިދުމަތާއި ގުޅޭ އާއްމު މަޢުލޫމާތު ދިނުމާއި ޚިދުމަތަށް މަގުދައްކައިދިނުން.

 - ޚިދުމަތަށް އެދޭ ފޯމް ނެގުމަށް އަންނަ ފަރާތްތަކަށް ފޯމް ދޫކުރުމާއި ފޯމް ފުރާނެގޮތުގެ މަޢުލޫމާތު ދިނުން.

 - ޚިދުމަތް ހޯދާ ފަރާތްތަކަށް އާއްމުކޮށް ދިމާވާ ދަތިތަކާއި އެފަރާތްތަކުގެ ޝަކުވާތައް ފާހަގަކޮށް، ދުވަހުން ދުވަހަށް ސުޕަވައިޒަރަށް އެކަންކަން ހުށަހެޅުން.

 - ފޯން ކޯލްތަކަށް ޖަވާބުދާރީވުން.

 - މީގެ އިތުރުން ވެސް ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް.

ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

 - ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

 - ކުރިމަތިލާ ފަރާތުގެ ވަނަވަރު.

 - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 - ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ސެޓުފިކެޓް ލެވެލް އިން މަތީ ސެޓުފިކެޓްތައް ހުށަހަޅަންވާނީ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.)

 - ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ.

 - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، މަޤާމުގެ ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

 - ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމްގެ ކޮޕީ. (މި ފޯމު ހުށަހަޅަންޖެހޭނީ ހަމައެކަނި ދެވަނަ ޝަރުޠައް ބަލައި، ޝަރުޠުހަމަވާ ފަރާތްތަކުން)

 - ފޯމާއެކު ހުށަހަޅަން ޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

ސުންގަޑި:

 03 ފެބުރުވަރީ 2019 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން.

އިތުރު މަޢުލޫމާތު:

 - ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ އަށެވެ.

 - މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަރވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.

 - މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާއި އެއްގޮތަށް ޝަރުތު ފުރިހަމަ ނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލް ކުރެވޭނެއެވެ.

ނޯޓް: މި ވަޒީފާ އަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި،އެޗް.އާރު ކޮމިޓީއިން ކަނޑައަޅާ އަދަދަކަށް އިންޓަރވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

23 ޖަނަވަރީ 2019