މަސައްކަތް
ނަންބަރު: (IUL)468-U01/468/2019/2
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 09:26
ސުންގަޑި: 03 ފެބުރުވަރީ 2019 13:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ސްޓޭޑިއަމްގައި ތްރީފޭސް ކަރަންޓްލުމާއި ބެހޭ

ފުވައްމުލަކު ސްޓޭޑިއަމްގައި ތްރީފޭސް ކަރަންޓުލުމަށް ބޭނުންވާތީ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ކުރެވުނު ނަންބަރު  (IUL)468-U01/468/2018/33އިޢުލާނާއި ގުޅިގެން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓުގައި މައްސައެއް ހުރިކަމަށް ފާހަގަކުރެވޭތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ޖެނުއަރީ 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 03 ފެބްރުއަރީ 2019 ވާ އާދީއްތަ ދުވަހު 13:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ މީޓިންގ ރޫމް ގައެވެ.   

                                                                                                                              

 

 

އަންދާސީ ހިސާބު ހުށަހަޅަން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ބަދަލުގައި ފޮނުވާ ބޭފުޅެއްކަން އެގޭނެ ލިޔުމަކާއި އަދި ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް ދެންނެވީމެވެ.

20 ޖަނަވަރީ 2019