ދިވެހިރާއްޖެ
ނަންބަރު: IUL)196-C/1/2019/9)
އިޢުލާން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހުރި ބައު ސާމާނު ދުވަހު ނީލަމުގައި ވިއްކާލުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހުރި ބައު ސާމާނު ދުވަހު ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.
ވީމާ، މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން، 2019 ޖަނަވަރީ 31 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަޑައިގެން ނީލަމުގައި ބައިވެރިވެދެއްވުން އެދެމެވެ.
ނީލަންކިޔަން ހަމަޖެހިފައިވަނީ ފަރުނީޗަރުގެ ގޮތުގައި ބޭނުންކޮށްފައިވާ ތަކެއްޗެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެތަކެއްޗަށް ފައިސާ ދެއްކެވުމަށްފަހު އެތަކެތި ގެންދަވަންވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރު 3023157 ފޯނާއި ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
17 ޖުމާދަލްއޫލާ 1440