މަޤާމު:
|
ޑިރެކްޓަރ (ޕްރޮކިއުމަންޓް)
|
ބޭނުންވާ ޢަދަދު 1
|
މުސާރަ
|
މަހަކު 8835.00 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު 2250.00ރުފިޔާ
|
އޮފީސް
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް)
|
ރޭންކް
|
EX1-1
|
ކްލެސިފިކޭޝަން
|
ޑިރެކްޓަރ
|
މަޤާމުގެ ޝަރްޠުތައް:
|
- ބިޒްނަސް މެނޭޖްމަންޓް ނުވަތަ ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ލިބިފައިވުމާއެކު 2 އަހަރު ދުވަހުގެ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ ތެރެއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު ސެޕް ސިސްޓަމް ރަނގަޅަށް ބޭނުންކުރަން އެނގުން ނުވަތަ؛
- ބިޒްނަސް މެނޭޖްމަންޓް ނުވަތަ ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ލެވެލް 8/7 ގެ ސަނަދެއް ލިބިފައިވުމާއެކު 3 އަހަރު ދުވަހުގެ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ ތެރެއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު ސެޕް ސިސްޓަމް ރަނގަޅަށް ބޭނުންކުރަން އެނގުން
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އެކިއެކި މަސައްކަތްތައް ކުރުވުމަށް އެސްޓިމޭޓް ހޯދަންޖެހޭ ކަންކަމުގައި ގަވާއިދުތައް ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން އަންދާސީ ހިސާބު ކޮމިޓީން ނިންމާ ގޮތެއްގެ މަތިން އެކަންކަން ހިންގުން.
- ޔުނިވަރސިޓީއަށް ތަކެތި ހޯދުމުގައާއި ފައިސާ ޚަރަދުކުރުމުގައި، މާލިއްޔަތާ ބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުރަމުން ގެންދިއުން.
- ޔުނިވަރސިޓީން ކުރަންޖެހޭ އެންމެހާ ޚަރަދުތައް މާލިއްޔަތާއި ބެހޭ ޤަވާޢިދާއި އެއްގޮތަށް ޚަރަދުކޮށް ބެލެހެއްޓުމާއި އެކަމާ ބެހޭ އެންމެހާ ލިޔުންތައް ޤަވާޢިދުން ފައިލްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުވުން.
- ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާބެހޭ އެންމެހައި ކަންތައްތައް ކޮރަޕްޝަނަށް މަގުފަހި ނުވާނޭ ގޮތުގެ މަތީން ހިންގާ ބެލެހެއްޓުން.
- ޔުނިވަރސިޓީގެ ހަރު މުދަލާއި އިންވެންޓްރީގެ ކަންތައް ހަރުދަނާ ނިޒާމެއްގެމަތީން އިންތިޒާމުކޮށް ބެލެހެއްޓުން.
- ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޔުނިވާސިޓީގެ ފައިނޭންޝަލް ޕްލޭން ތައްޔާރުކުރުމުގައި އެހީތެރިވުން.
- ޔުނިވަރސިޓީގެ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވުމާއި، ބަޖެޓް އެންމެ އެފިޝަންޓްކޮށް ބޭނުންކުރުމުގައި އެހީތެރިވެދިނުން
- ޔުނިވަރސިޓީއަށް ލިބޭ އާމްދަނީއާއި މިނިސްޓްރީ އޮފް ފިނޭންސްއިން އެންޑް ޓްރެޜަރީއިން ކަނޑައަޅުއްވާ ދެއްވާ އަހަރީ ބަޖެޓްގެ ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދިނުން.
- ހަރުދަނާ އުސޫލުތަކެއްދެ ދަށުން ޚަރަދުތައް ބެލެހެއްޓޭނެ ނިޒާމު ގާއިމު ކުރުމުގައި ފައިނޭންޝަލް ކޮންޓްރޯލަރ އަށް ލަފާދިނުމާއި، އުސޫލުތައް އެކުލަވާލުން.
- ޔުނިވަރސިޓީން ހިންގުމަށް ބޭނުންވާ ހުރިހައި ވަސީލަތެއް ހޯދުމާއި އެ ތަކެތި ބެލެހެއްޓުމުގެ އެންމެހައި މަސައްކަތް ބެލެހެއްޓުން.
- އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމަށާއި އަދި މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ އުޞޫލުތައް ޤާއިމުކުރުމާއި އަދި ޕްރޮކިއޯމެންޓްގެ މަސައްކަތް މާލިއްޔަތާ ބެހޭ ގަވާއިދާއި އުޞޫލުގެ ދަށުން ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ޕްރޮކިއުމަންޓް ޑިޕާރޓްމަންޓްއިން ނިންމަންޖެހޭ ރިޕޯޓްތައް ގަވާއިދުގެ މަތީން ނިންމާ ޗެކްކޮށް ބެލެހެއްޓުން.
- ޔުނިވަރސިޓީން އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދައްކަމުން ގެންދޭތޯ ބަލައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ މަސައްކަތް ކުރުވުން.
- ޔުނިވަރސިޓީގެ މަރާމާތުތައް ކުރުމާ ސެކިއުރިޓީ ގޮތުން އޮފީހާއި އޮފީހުގެ ހަވާލުގައިވާ ތަންތަން ބެލެހެއްޓުވުން.
- އައުޓްސްޓޭންޑިންގ ސްޓޭޓްމަންޓްތަކުގެ ބިލްތަކަށް ފައިސާ ދެއްކިފައިވޭތޯ ޗެކްކުރުން.
- ޔުނިވަރސިޓީގެ ފަރާތުން ހިންގަންޖެހޭ ތަފާތު ޕްރޮޖެކްޓް ތަކުގައި ޕްރޮކިއުމަންޓް ޑިޕާރޓްމަންޓްއިން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދިނުން.
- މާގާމާއި ގުޅިގެން ވައިސް ޗާންސެލަރ ނުވަތަ ޑެޕިއުޓީ ވައިސް ޗާންސެލަރުން ޙަވާލުކުރާ މަސައްކަތްތައް ކުރުން.
- ޑިޕާރޓްމަންޓް މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި މުވައްޒަފުންގެ ޕަރފޯމަންސް އެޕްރެއިޒް ކުރުން. އަދި ޑިޕާރޓްމަންޓްގެ މުވައްޒަފުންނަށް މަސައްކަތްކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
- ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލް ޓެސްޓް)
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މިޔުނިވަރސިޓީގެ ރިސެޕްޝަނުން މިފޯމް ލިބިވަޑައިގަންނަވާނެ) އަދި ޔުނިވަރސިޓީގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެއެވެ. ލިންކް އަކީ https://www.ium.edu.mv/gazette/job-application-form-dhivehi/ އެވެ.
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު
- 8:00 އިން މެންދުރު 14:00 އަށެވެ.
- މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 5 ފެބްރުއަރީއާއި 28 ފެބްރުއަރީ 2019 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
- 04 ފެބްރުވަރީ 2019 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022116ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|