ދިވެހިރާއްޖެ
އިޢުލާން
ބ މާޅޮހު ކައުންސިލްގެ އިދާރާއަށް ތްރީފޭސް ކަރަންޓްލުމަށް ކޯރުކޮންނާނެ ފަރާތެއް ހޯދުން
ސުރުޚީގައި ދަންނަވާފައިވާ މަސައްކަތް ކޮށްދޭން އެދޭފަރާތްތަކުން 06 ފެބްރުއަރީ 2019 ބުދަ ދުވަހުގެ 11.00 އަށް މި އިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު:
1- ކޯރު ކޮނެދިނުމުގެ އަގު ހުށަހަޅުއްވާނީ މީޓަރެއް 30 އިންޗި ފުންމިނަށް ކޮނެ ނަރުއަޅާ ސެކިއުރިޓީ ޓޭޕް ލުމަށް ފަހު ކޯރަށް ފަސްލާދޭނެއަގެވެ
2- ކޯރު ކޮންނަންޖެހޭނީ ބ މާޅޮހު ސްކޫލުގެ އިރުދެކުނު ކަންމަތީގައި ބަހަށްޓާފައިހުރި ޑިސްޓްރިބިއުޝަން ފޮށިން ފެށިގެން ކައުންސިލް އިދާރާއަށެވެ.
3- ގަޑި ޖެހިގެން އަގުހުށަހަޅުއްވާ ފަރާތަކުގެ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެއެވެ.
4- މަސައްކަތް ޙަވާލުކުރުމުގައި ބަލާނީ : އަގަށް %90 މުއްދަތަށް އެވެ.
ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.