ކުއްޔަށް ހިފުން
ނަންބަރު: 06/ GS-31/IL/2019
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި: 29 ޖަނަވަރީ 2019 11:30
ދ. އަތޮޅު މަދަރުސާ، ދ. މީދޫ
ދިވެހިރާއްޖެ
2019 ވަނަ އަހަރު މިސްކޫލްގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް ނުވަތަ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމާބެހޭ:

 

އިޢުލާން

2019ވަނަ އަހަރު މިސްކޫލްގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް ނުވަތަ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމާބެހޭ: ( އެގްރިމެންޓުކުރާ ތާރީޚުންފެށިގެން 2019 ގެ ނިޔަލަށް )

 

މި ސްކޫލްގެ ޕްރިންސިޕަލް ހުންނަވަން 2 ކޮޓަރިއާއި ސިޓިންގ ރޫމަކާއި ކައްކައި ކައިހެދޭގޮތަށް ހުރި ގެއެއް ނުވަތަ އެޕާރޓްމަންޓެއް 2019 ގެ ޑިސެމްބަރގެ ނިޔަލަށް ކުއްޔަށް ހިފަން ބޭނުންވެއެވެ. ވީމާ، މިފަދަ ޢިމާރާތެއް ކުއްޔަށް ދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ސްކޫލްއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ،ފޮނުވާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއްވެސް ހުށަހަޅުއްވަންވާނެއެވެ.

 މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށްއަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ.

އައިޓަމް/ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރެއްވުން

27-01-2019

އާދީއްތަ

11:30

ދ.އަތޮޅު މަދަރުސާގެ އޮފީސް

އަންދާސީ ހިސާބު ހުށަހެޅުއްވުން

29-01-2019

އަންގާރަ

11:30

ދ.އަތޮޅު މަދަރުސާގެ އޮފީސް

23 ޖަނަވަރީ 2019