ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)179-3.2/1/2019/2
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި: 31 ޖަނަވަރީ 2019 14:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މިއޮތޯރިޓީއަށް ލީގަލް ކޮންސަލްޓަންޓެއްގެ ގޮތުގައި ކޮންޓްރެކްޓް އުސޫލުން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް، ކޮންސަލްޓެންސީ ދޭނެ ފަރާތެއް ބޭނުންވެއެވެ. 

ބޭނުންވާ ޢަދަދު: 01 (އެކެއް)

މަސައްކަތްކުރަންޖެހޭ ގަޑި:  ހެނދުނު 8:00 އިން މެންދުރު ފަހު 3:00 އަށް (ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ގައި)

ޝަރުތު:  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ޤާނޫނީ ދާއިރާއިން، މާސްޓަރސް ނުވަތަ ބެޗެލަރސްް ޑިގްރީއެއް އޮތުން

ރިމިއުނެރޭޝަން ޕެކޭޖް: 20,000 ރުފިޔާ އާއި 30,000ރުފިޔާއާއި ދެމެދުގެ އަދަދަކަށް ލިބޭނެއެވެ.

މި ކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތުތައް ލިއުމުން ހުށަހެޅުއްވުން އެދެމެވެ.

-          މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު

-          ކަރިކިއުލަމް ވިޓާ (ސީވީ)

-          އައި.ޑީ.ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ނޯޓް:

މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި އިންޓަރވިއު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

ލީގަލް ކައުންސިލްގެ TOR އޮތޯރިޓީގެ ވެބްސައިޓުގެ https://bit.ly/2AVTLGQ ލިންކުން ލިބެން ހުންނާނެއެވެ.

 

 

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 31  ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ތިރީގައިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް ހުށަހެޅުއްވުން އެދެމެވެ.

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ

އަމީރުއަޙްމަދު މަގު/ މާލެ.

ފޯނު:3336619 / 3336619،  ފެކްސް:3336624

އީމެއިލް: [email protected]    ވެބްސައިޓް: www.cmda.gov.mv

 

16 ޖުމާދަލްއޫލާ 1440

22 ޖަނަވަރީ 2019

23 ޖަނަވަރީ 2019