މަސައްކަތް
ނަންބަރު: K5C-A/2019/01
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 05 ފެބުރުވަރީ 2019 10:30
މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މުލަކަތޮޅު ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

 މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު

    މ. މުލި،

   ދިވެހިރާއްޖެ.

 

                                                             ނަންބަރު:   K5C-A/2019/01

އިޢުލާން

މުލަކަތޮޅު ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން މި ކޯޓުން ކުރި ނަންބަރު: K5C-A/2018/12 އިޢުލާނާ ގުޅިގެން ހުށައްޅާފައިވާ އަންދާސީ ހިސާބުތަށް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް އެ ކަމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 29 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ 10:00  އަށް މިކޯޓަށް ނުވަތަ މ. މދިއްގަރު މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

 

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 05 ފެބުރުއަރީ 2019

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 10:30

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: މ. މުލީ މެޖިސްޓްރޭޓް ކޯޓު/ މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓު

16 ޖުމާދަލްޢޫލާ  1440 

22 ޖެނުއަރީ    2019

22 ޖަނަވަރީ 2019