ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-CDS3/1/2019/3
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 15:42
ސުންގަޑި: 29 ޖަނަވަރީ 2019 16:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބޭއްވުމަށް ހަމަޖެހިފައިވާ ވޯކްޝޮޕެއްގައި ކޭޓަރިންގ މަސައްކަތްކޮށްދިނުން

  1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބޭއްވުމަށް ހަމަޖެހިފައިވާ ވޯކްޝޮޕެއްގައި ކޭޓަރިންގ މަސައްކަތްކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2019 ޖަނަވަރީ 23 ވާ ބުދަ ދުވަހުގެ 10:00 އިން ފެށިގެން 2019 ޖަނަވަރީ 27 ވާ އާދީއްތަ ދުވަހުގެ 10:00ގެ ނިޔަލަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  3. ބީލަން ހުޅުވުން އޮންނާނީ 2019 ޖަނަވަރީ 29 ވާ އަންގާރަ ދުވަހުގެ 16:00 އަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
  4. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. އަދި، ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  5. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2019 ޖެނުއަރީ 28 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. 
22 ޖަނަވަރީ 2019