ދިވެހިރާއްޖެ
`
ނަންބަރު:IUL-248-CAA-248/2019/09
އިޢުލާން
2019 ވަނަ އަހަރަށް، ވަގުތީ އިމާމުން ނުވަތަ މުދިމުން ހޯދަން ބޭނުންވެއްޖެ
މިރަށުގެ މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުން މުދިމުން އަހަރީ ޗުއްޓީ، ޢާއިލީ ޒިންމާ ޗުއްޓީ، ސަލާމް ބުނުމުން، ވޭޖް ޕޫލުގެ ދަށުން މިއިދާރާއިން ހަމަޖައްސައި މިސްކިތެއްގައި ބަންގި ގޮވާ ނަމާދު ކުރާނެ އިމާމުން ނުވަތަ މުދިމުން ބޭނުން ވެއްޖެއެވެ. މިއީ ވޭޖް ޕޫލުގެ ދަށުން 1 (އެކެއް) އަހަރުގެ މުއްދަތަށް ވަގުތީ ގޮތުން ނަގަންޖެހޭ ބައެކެވެ.
މަޤާމް: |
އިމާމުން ނުވަތަ މުދިމުން |
މަޤާމުގެ ނަންބަރު: |
- |
ބޭނުންވާ ޢަދަދު: |
ޖުމުލަ 5 ( ފަހެއް ) |
މަޤާމުގެ ގިންތި: |
ވަގުތީ |
މަޤާމުގެ ރޭންކް: |
1 – އިމާމު ޖީއެސް 4 2 – މުދިމު ޖީއެސް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
1 – އިމާމު: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 2 – މުދިމު: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަންޖެހޭތަން: |
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގެ މިސްކިތްތައް |
މުސާރަ: |
އިމާމު ކޮންމެ ނަމާދު ވަގުތަކަށް 61.00 ރުފިޔާ މުދިމު ކޮންމެ ނަމާދު ވަގުތަކަށް 53.00 ރުފިޔާ |
ސާރވިސް އެލަވަންސް: |
- |
އެހެނިހެން އެލަވަންސް |
- |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|
މަޤާމުގެ ޝަރުޠުތައް: |
އިމާމު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،
މުދިމު: ތަޖްވީދުގެ މަގުން ކީރިތި ޤުރުއާން ކިޔަވަން ދަންނަ މީހެއްކަމުގައިވުން (މަތީގައިވާ މަޤާމަށް ޝަރުޠު ފުރިހަމަނުވާ ފަރާތްތަކުންވެސް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވިފައިވެއެވެ. ނަމަވެސް މި މަޤާމަށް މީހުން ހޮވާނީ، މަތީގައިވާ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން ކުރިމަތިލާފައި ނުވާނަމައެވެ.) |
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖޭންބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ގަބޫލު ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައި ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ: 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ: 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ ސެޓްފިކެޓުގެ ކޮޕީ: 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ޚިއްޞާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒިފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރި ގޮތްއަންގައިދޭ ރިފަރެންސް ޗެކްފޯމް. |
ވަޒީފާއަށްއެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމް މި އި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޖަނަވަރީ 2019 ވަނަ ދުވަހު 13:30 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއި، ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާގެ ފޯމް ބަލައި ގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: |
ވަޒީފާއަށް އެދޭ ފަރާތްތައް އިންޓަވިއު ކުރުން އޮންނާނީ 03 ފެބުރުވަރީ 2019 ވަނަ ދުވަހު 13:00 ގައި މި އިދާރާގައެވެ. ވުމާއެކު މިކަމަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުގައި އިންޓަވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުމަށް ދެންނެވީމެވެ. |
ޝޯޓް ލިސްޓް ކުރުން: |
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒިފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: |
އިމާމުންނާއި މުދިމުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ %45 ( ސާޅީސް ފަހެއް ) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން |
އިތުރު މައުލޫމާތު ސާފް ކުރުމަށް ބޭނުން ފުޅުވާނަމަ، މިއިދާރާގެ ނަންބަރު (ފޯނު: 6500013) އާއި ގުޅުއްވުން އެދެމެވެ. |
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.