މަސައްކަތް
ނަންބަރު: (IUL)GZS/2019/13
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 04 ފެބުރުވަރީ 2019 11:00
ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ލިފްޓް މަރާމާތު ކުރުން

ނަންބަރ:13(IUL)GZS/2018/

 

ލިފްޓް މަރާމާތުކުރުން

 

 

މި ސްކޫލްގައި ބޭނުންކުރަމުންދާ ލިފްޓްގެ އިންވާޓަރ އެސެމްބްލީ ޔުނިޓް އަމިއްލަ ތަކެތީގައި ބަދަލުކޮށް ލިފްޓް އޮޕަރޭޓް ކުރެވޭގޮތް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުމާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައި ވާނެއެވެ.

2  މި މަސައްކަތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 29 ޖެނުއަރީ 2019 އިން 30 ޖެނުއަރީ 2019 އަށް  ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 12:00 އަށް މި ސްކޫލްގެ އޮފީހަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3  މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖެނުއަރީ 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4  ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ފެބުރުވަރީ 04 ވަނަ ދުވަހުގެ 11:00 ގައި މި ސްކޫލްގެ މީޓިންގ ރޫމްގައެވެ.

5  މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

6  ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޣާޒީ ސްކޫލްގެ އެޑްމިން އޮފީސް

އޯކިޑްމަގު، ހުޅުމާލެ، ދިވެހިރާއްޖެ.

ފޯން:   3350744

އީ-މެއިލް: [email protected]

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350744 ނަންބަރު ފޯނާއެވެ.

22 ޖެނުއަރީ 2019

22 ޖަނަވަރީ 2019