ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-CA-EX-2019-1
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 10:44
ސުންގަޑި: 29 ޖަނަވަރީ 2019 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރ

މަޤާމް :އެގްޒާމް އިންވިޖިލޭޓަރ
ބޭނުންވާ އަދަދު :1

މަޤާމު:

އެގްޒާމް އިންވިޖިލޭޓަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ ރ. އުނގޫފާރު އައުޓްރީޗް ސެންޓަރު

އުޖޫރަ ދެވޭނެގޮތް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުތު:

  1. ދިވެހި ރައްޔިތަކަށްވުން.
  2. ޢުމުރުން 18 އަހަރު ފުރިފައިވުން.
  3. އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
  4. އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން.
  5. އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.

 

މަތީގައިވާ ޝަރުތުތަކުގެ އިތުރުން، އިންވިޖިލޭޓަރުން ހޮވުމުގައި ބަލާނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި މަސައްކަތަށް ވަގުތު ދެވޭނެ މިންވަރާއި، އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާއާއި، ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސަނަދު ހިމެނެއެވެ.

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ފެބްރުއަރީ 2019 އިން 28 ފެބްރުއަރީ 2019 ގެ ނިޔަލައް

މަޤާމުގެ މަސްޢޫލިއްޔަތު:

 

އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2019 ޖަނަވަރީ 29 ވާ އަންގާރް ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް ނުވަތަ އޮންލައިންކޮށް

އެޕްލިކޭޝަން ހުށަހަޅަންޖެހޭ ގޮތް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިމްތިހާނު އިންވިޖިލޭޓު ކުރުމަށް އެދި ހުށަހަޅާ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-Term-2.pdf

 

  • ތިރީގައިވާ ލިންކުން އެޕްލިކޭޝަން އޮންލައިންކޮށް ހުށަހެޅޭނެއެވެ.

https://docs.google.com/forms/d/1t03n7dS_nPx_2UEIkt6U4_dlcoi7SGFFLsF2dO5_XWc/edit

 

ހުށަހަޅަންޖެހޭ ލިޔުންތައް:

އިންވިޖިލޭޓް ކުރުމަށް ހޮވޭ ފަރާތްތަށް، ތިރީގައިވާ ތަކެތި ހުށަހަޅަން ޖެހޭނެއެވެ.

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ އެޓެސްޓެޑް ކޮޕީ.

 

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް މަގާމަށް ހޮވޭ ފަރާތްތަކުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީން އަންގާ ތާރީހެއްގެ ކުރިން ފޮނުވަންޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345162 ނަންބަރު ފޯނަށެވެ.

22 ޖަނަވަރީ 2019