ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: FNK-I/IUL/2019/013
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 16:55
ސުންގަޑި: 06 ފެބުރުވަރީ 2019 11:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
14 ޖަނަރޭޓަރ ސެޓް ގަތުމާއި ގުޅޭ

ނަންބަރ:FNK-I/IUL/2019/013

 

އިޢުލާން

14 ޖަނަރޭޓަރ ސެޓް ގަތުމާއި ގުޅޭ

މިކުންފުންޏަށް 14 ޖަނަރޭޓަރ ސެޓް ގައްނަން ބޭނުންވެއެވެ. މިކަމާއި ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި 22 ޖަނަވަރީ 2019 އިން 29 ޖަނަވަރީ 2019 އަށް (ބަންދު ދުވަސްތައް ނުހިމަނާ) މިކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)ގެ ކައުންޓަރުން ހެނދުނު 8:30 އިން މެންދުރު ފަހު 14:30 އަށް މަޢުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނެއެވެ.

ބިޑާއި ގުޅޭގޮތުން ސާފުކުރަންޖެހޭ މަޢުލޫމާތުތައް ސާފުކުރުން އޮންނާނީ  22 ޖަނަވަރީ 2019 އިން 30 ޖަނަވަރީ 2019 ގެ ނިޔަލަށެވެ. ބިޑާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށް ޓެންޑަރ އެންޑް ފޮރިން ޕާރޗޭސްގެ އީމެއިލް [email protected]  އަށް  މެއިލް ކުރެވުން އެދެމެވެ.

މިމަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 ޔޫ.އެސް.ޑޮލަރު (ދިހަ ހާސް ޔޫ.އެސް.ޑިލަރު) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ ނުވަތަ ޗެކްކެވެ. ޗެކް ވާންވާނީ ބެންްކް ގެރެންޓެޑް ސްޓޭޕް ޖެހިފައިވާ ޗެކަކަށެވެ. މިމަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެވެ.

ބިޑް ހުށަހެޅުވުމަށް ހަމަޖެހިފައި ވަނީ 06 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ 11:00 ގައި މިކުންފުނީގެ ހެޑް އޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވަހަކަ ދަންނަވަމެވެ.

                 15 ޖުމާދަލް އޫލާ 1440

                 21   ޖަނަވަރީ  2019

 

21 ޖަނަވަރީ 2019