މަސައްކަތް
ނަންބަރު: (IUL)GS-152-A/PRIV/2019/1
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:51
ސުންގަޑި:
27 ޖަނަވަރީ 2019 00:00
މަތިވެރި ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2019 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- 2019 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެގެން ކުރެވުނު ނަންބަރު (IUL)GS-152-A/PRIV/2018/11 (31 ޑިސެންބަރު 2018) އިޢުލާނަށް ހުށަހަޅާފައިވާ ބިޑްތައް ޞައްޙަ ކަމުގައި ނުވާތީ، އެއިޢުލާން ބާޠިލް ކޮށް 5 ވަނަ ފަހަރަށް އެފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖަނަވަރީ 22 އިން 2019 ޖަނަވަރީ 24 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖަނަވަރީ 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ޖަނަވަރީ 27 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މިސްކޫލުގެ އިދާރާގައި އޮންނާނެއެވެ.
- ބިޑް ހުޅުވުން އޮންނާނީ 2019 ޖަނަވަރީ 30 ވާ ބުދަ ދުވަހުގެ 10:00 ގައި މިސްކޫލުގެ އިދާރާގައި އޮންނާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަތިވެރި ސްކޫލް
އއ. މަތިވެރި
މޮބައިލް: 7990816
ފޯން: 6660816
އީމެއިލް: [email protected]
ކޮޕީ އީމެއިލް: [email protected]
15 ޖުމާދަލްއޫލާ 1440
21 ޖަނަވަރީ 2019
21 ޖަނަވަރީ 2019