ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HR/1/2019/11
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 31 ޖަނަވަރީ 2019 13:30
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
އެސިސްޓަންޓް ސޯޝަލް ސަރވިސް ވޯކަރ

އިޢުލާން

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.  

މަޤާމް:

އެސިސްޓަންޓް ސޯޝަލް ސަރވިސް ވޯކަރ

މަޤާމުގެ ނަންބަރު:

J-251242

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ވ. އަތޮޅު ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރ، ވ.ފެލިދޫ

ޑިވިޜަން/ސެކްޝަން:

ވ. އަތޮޅު ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރ ސަބް ޔުނިޓް

މުސާރަ:

-/5020 ރުފިޔާ

ސަރވިސް އެލެވަންސް:

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

  • -/700 ރުފިޔާ (ސަޕޯޓިންގ ކޯ އެލަވެންސް 2 )
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • އަތޮޅުތަކުގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) އިން ކުރަންޖެހޭ އެންމެހާ އިދާރީ ކަންކަމުގައާއި، އެތަން ތަނުން ފޯރުކޮށްދޭ އެންމެހާ ކަންކަން ރާވާ ހިންގުމުގައި އިސް މީހަކު ނެތްނަމަ ވަގުތީ ގޮތުން އެ މަސައްކަތުގައި ޙަރަކާތްތެރިވުން.
  • ކުޑަކުދިންނާއި، އަންހެނުންނާއި، ޙާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށް އަނިޔާއެއްދީގެން ނުވަތަ ޙައްޤަކަށް އުނިކަން ލިބޭ ފަދަ ކަމެއް ކޮށްގެން އެފް.ސީ.އެސް.ސީ އަށް ހުށަހެޅޭ ކޭސްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.
  • ސޯޝަލް ސަރވިސްގެ ދާއިރާއިން އަތޮޅުގައި ހިންގާ ތަފާތު ޕްރޮގްރާމް ތަކުގައި ބައިވެރިވުމާއި، އާންމުން ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރުން.
  • ސެންޓަރަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، އަތޮޅު ތެރެއަށް ކުރަންޖެހޭ ދަތުރުތައް ކުރުމާއި، އަދި ހޯމް ވިޒިޓްތައް ހަދާ މައްސަލައިގެ ޙާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްކޮށް އެހީތެރިކަން ފޯރުކޮށްދިނުން.
  • އެފް.ސީ.އެސް.ސީ އަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، އަތޮޅު ތެރެއަށް ކުރަންޖެހޭ ދަތުރުތައް ކުރުމާއި، އަދި ގޭގެއަށް ޒިޔާރަތް ކޮށްގެން މައްސަލަތަކުގެ ޙާލަތު ދެނެގަތުން.
  • އެފް.ސީ.އެސް.ސީ އަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑުތައް ޤަވާޢިދުން ބެލެހެއްޓުމާއެކު، ރިޕޯޓްތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  • ކޯޓުތަކުގައި ހިންގާ ކުޑަކުދިންނާ ބެހޭ މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތަކަށާއި، ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތަށް އަމަލުކުރުން.
  • މިނިސްޓްރީ އާއި ގުޅިގެން ހިންގަންޖެހޭ އެންމެހާ ޕްރޮގްރާމްތަކާއި ޙަރަކާތްތައް އަތޮޅުތަކުގައި ހިންގުން.
  • މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން އެހެން އަތޮޅެއްގައި މަސައްކަތްކުރުން.
  • މަސައްކަތުގެ ދާއިރާގައި ހިނެމޭގޮތަށް، އޮފީހުން ހަވާލުކުރާ އެންމެހައި މަސައްކަތެއް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  • 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި  ސޯޝަލް ސަރވިސަސްގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،،

ނުވަތަ

  • 'މަތީ ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކެންޑަރީ ސްކޫލް' ސަރޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން،

ނުވަތަ

  • ކައުންސެލިންގ، ސައިކޮލޮޖީ އަދި ސޯޝިއޮލޮޖީ މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ވެބްސައިޓުންނާއި (www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

    (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

    (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ31ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ވ. އަތޮޅު ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ފެބްރުއަރީ ނުވަތަ 2019 މާރިޗު މަހު، ވ. އަތޮޅު ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރ ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027551 ނަންބަރު ފޯނަށެވެ.

15 ޖުމާދަލްއޫލާ 1440ހ

21 ޖަނަވަރީ 2019މ

 

21 ޖަނަވަރީ 2019