ދިވެހިރާއްޖެ
ނަމްބަރު: (IUL)337/337/2019/3
އިޢުލާން
މިކައުންސިލުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާރކްގެ ވަށާފާރު އަމިއްލަ ތަކެތީގައި ރާނާ ސިމެންތިޖަހާ ކުލަލައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ (.)
މިކައުންސިލުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާރކްގެ ވަށާފާރު އަމިއްލަ ތަކެތީގައި ރާނާ ސިމެންތިޖަހާ ކުލަލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިމަސައްކަތަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށް 27 ޖެނުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާގެ މީޓިންގްރޫމަށް ވަޑައިގެންދެއްވުންއެދެމެވެ. އަދި އަންދާސީ ހިސާބު ހުށައަޅުއްވާނީ 31 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 މާފުށީ ކައުންސިލް އިދާރާއަށެވެ. އަދި 13:00 ގެ ފަހުން ގެންނަ އެއްވެސް އަންދާސީ ހިސާބު ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ.
- މާކްސް ދެވޭގޮތުގެ ތަފްޞީލު:
ހ- ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
ށ- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މިއިދާރާއަށް [ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ] ގެދަށުން މަޢުލޫމާތު ހޯދާން އެދޭ ފޯމް ހުށަހެޅުމުން އެފަރާތަކަށް ޖަވާބު ދެވޭނެއެވެ.
| ފޯމިއުލާ | ތަފުސީލު | މާކްސް ދެވޭ ގޮތް | މާކްސްދެވޭ ކްރައިޓީރިއާ | 
| ( ހުށަހެޅުނު އެންމެ ކުޑަ އަގު / ހުށަހެޅި އަގު ) × ކަނޑައެޅިފައިވާ % ގޮތުގައި ބަލައިގެން ނިސްބަތުން މާރކްސް ދެވޭނެއެވެ. | v ތަކެތީގެ އަގަށްދޭ މާކްސް v މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކްއެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަމާކްސްލިބޭނީ އެންމެކުޑައަގަށެވެ. | 80 | އަގު | 
| ( ހުށަހެޅުނު އެންމެ ކުޑަ މުއްދަތު / ހުށަހެޅުނު މުއްދަތު ) × ކަނޑައެޅިފައިވާ % ގޮތުގައި ބަލައިގެން ނިސްބަތުން މާރކްސް ދެވޭނެއެވެ. | v މަސައްކަތް ނިންމައިދޭ މުއްދަތަށްދޭ މާރކްސް v މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ މުއްދަކީ ބެންޗްމާކްއެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ މުއްދަތަށެވެ. | 20 | މަސައްކަތް ނިންމާ މުއްދަތު | 
| ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތްތަކާއި، އެމަސައްކަތްތައް ކުރެވިފައިވާގޮތް ނުވަތަ ތަޖުރިބާ | v ކުރިން މިބާވަތުގެ މަސައްކަތާއި އެމަސައްކަތް ކުރެވިފައިވާގޮތާއި އެމަސައްކަތުގެ އަގުގެ މައްޗަށެވެ. v ލިޔުން ހުށަނާޅާ ފަރާތްތަކަށް މާކްސްއެއް ނުދެވޭނެއެވެ. | 10 | ފަންނީގޮތުން ޤާބިލްކަމާއި ތަޖުރިބާ ހުރި މިންވަރު | 
20 ޖަނަވަރީ 2019