ވަޒީފާގެ ފުރުޞަތު
ނަންބަރު: GS22/2019/014
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 29 ޖަނަވަރީ 2019 14:00
ޅ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސްކޫލް ހެލްތް އެސިސްޓެންޓް ހޯދުމަށް

މަޤާމު:                ސްކޫލް ހެލްތް އެސިސްޓެންޓް

މަޤާމު ނަމްބަރ:         J-130027

ބޭނުންވާ އަދަދު:         01

މަޤާމުގެ ގިންތި:         ދާއިމީ

މަޤާމްގެ ރޭންކް:          ޖީ.އެސް 4

މަޤާމްގެ ކްލެސިފިކޭޝަން:    އ.ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާ ކުރަންޖެހޭތަން: ޅ.އަތޮޅު ތަޢުލީމީ މަރުކަޒު، ޅ.ހިންނަވަރު

މުސާރަ:                -/5020 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:    -/1500 ރުފިޔާ (މަހަކު)

ސަޕޯޓިން ކޯ އެލެވެންސް:     -/700 ރުފިޔާ (މަހަކު)

ދާއިރާ:               ހެލްތް ދާއިރާއިން

އިތުރު އިނާޔަތްތައް:

              1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                     2. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

              3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ޙެލްތު ޕޮލިސީއާއި، ހެލްތް ޕްރޮމޯޓިން ސްކޫލް ޕޮލިސީ އަދި މިޕޮލިސީތަކަށް ރިއާޔަތްކޮށް ސްކޫލުން ތައްޔާރުކޮށްފައިވާ ސްކޫލްގެ "ހެލްތް ޕޮލިސީ" ސްކޫލްވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ސްކޫލްގައި ތަންފީޒްކުރުން.
  2. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާ ތާރީޚަކަށް، ކަނޑައަޅާ ގްރޭޑް ތަކެއްގެ ހެލްތު ސްކްރީނިންގ ސްކޫލްގެ ވެރިން ހަމަޖައްސަވާ އުސޫލެއްގެ މަތިން ކަމާގުޅޭ ފަރާތްތަކާ (ހޮސްޕިޓަލް/ސިއްޙީ މަރުކަޒު) ގުޅިގެން ނިންމާ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްކޫލް ހެލްތް އެންޑް ސޭފްޓީ ސެކްޝަނަށް ރިޕޯޓް ފޮނުވުން.
  3. ސްކޫލުގެ ސްކޫލް ހެލްތް ޕްރޮމޯޓިންގ ސްކޫލަކަށް ހެދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް ސްކޫލުގެ ވެރިންގެ ލަފަޔާއި މަޝްވަރާ ހޯދައިގެން ކުރުމާއި، ބަރާބަރު ސްކޫލް އިންޑިކޭޓާސްގައި ހިމެނޭ "ހެލްތް އެންޑް ސޭފްޓީ ޑައިމެންޝަން" ގެ ބައިތަށް ސްކޯލުގައި ފުރިހަމަ ކުރުމަށް ސްކޫލްގެ ވެރިންނާ ގުޅިގެން މަސައްކަތް ކުރުން.
  4. ސްކޫލުގެ ސްކޫލް ހެލްތް އަހަރީ ޕްލޭން ސްކޫލްގެ ވެރިން އަދި މުވައްޒަފުންނާ މަޝްވަރާ ކޮށްގެން އެކުލަވާލައި، އަހަރީ ޕްލޭން ސްކޫލުގެ މުވައްޒަފުންނާ، ބެލެނިވެރިންނަށް ހިއްސާކޮށް އަހަރީ ޕްލޭންގެ ކޮޕީއެއް ދިރާސީ އަހަރު ފެށޭތާ 15 ދުވަހުގެ ތެރޭގައި އެޑިއުކޭޝަނަލް ސްޕަވިޜަން އެންޑް ކޮލިޓީ އިމްޕްރޫވްމެންޓް ޑިވިޜަން (އެސްކިޑް) އަށް ފޮނުވުން.
  5. ދަރިވަރުންގެ ސިއްޙީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ތަރައްޤީ ކުރުމަށް ސްކޫލުގެ ވެރިންގެ ލަފަޔާއިއެކު ސްކޫލް ފެންވަރުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ޕްރޮގްރާމްތަށް ރާވައި ހިންގައި ބެލެހެއްޓުމާއި، ދަރިވަރުންގެ ހެދިބޮޑުވުން (ހައިޓު/ވެއިޓު) ބެލެހެއްޓުމާއި، ދަރިވަރުންނަށްދޭ ފަނީބޭސް/ވިޓަމިން އޭ ކެޕްސޫލް ޕްރޮގްރާމް ބެލެހެއްޓުމާއި، ރިޕޯޓް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކަށް ފޮނުވުން.
  6. ސްކޯލްގެ ފަސްޓް އެއިޑު އިކުއިޕްމެންޓްސްގެ އިންވެންޓްރީ އަދި ހެލްތްރޫމްގެ އިންވެންޓްރީ ތައްޔާރުކޮށް ބެލެހެއްޓުމާއި، ޚެލްތްރޫމުން ދޭ ޙިދުމަތްތަށް އެއްވެސް ދަރިވަރެއް ތަފާތުކުރުމެއްނެތި ދިނުމާއި، ސްކޫލްގައި ތަޢުލީމު ޙާސިލްކުރަމުންދާ "ވަލްނަރަބަލް" ދަރިބވަރުންގެ ޞިއްޙީ ޙާލަތު ވަޒަންކޮށް އެފަދަ ދަރިވަރުންނަށް ކްލާސް ޓީޗަރާއި ސްކޫލުގެ ވެރިންނާއި ގުޅިގެން އެހީތެރިވެދީ، އެފަދަ ދަރިވަރުންގެ މައުލޫމާތު ބެހެއްޓުން.
  7. ސްކޫލުން ބޭރުގައި، ސްކޫލުން ރާވައިގެން ހިންގާ ހަރަކާތްތަކުގައި ދަރިވަރުންނަށް ފަސްޓް އެއިޑްގެ ޚިދުމަތް ދެވޭނެ އިންތިޒާމު  ހަމަޖެއްސުމާއި، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސްކޫލްގެ މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުން.
  8. ސްކޫލްގައި ދަރިވަރަކަށް ނުވަތަ ދަރިވަރުން ތަކަކަށް ޞިއްޙީ މައްސަލައެއް ދިމާވެއްޖެނަމަ އެދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަސް ސްކޫލުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން ފަރުވާ (ފުރަތަމަ އެހީ) ދިނުމާއި، މިކަމާގުޅޭ އެންމެހާ ކަންތައްތަކުގެ ރިޕޯޓާއި ރިކޯދު ބެލެހެއްޓުން.
  9. ސްކޫލްގެ ޓީޗަރުންނާއި ސްކޫލްގެ މަތީދަރިވަރުންނަށް ފަސްޓް އެއިޑް ޓްރޭނިންގ ދެވޭނެ އިންތިޒާމު ސްކޫލުގެ ވެރިންގެ ލަފަޔާއި މަޝްވަރާގެމަތިން ހަމަޖެއްސުމާއި، ސްކޫލުގައި މަދިރިފަނި އާލާވާނެ ތަންތަން ހުރިތޯބަލައި ޗެކުކުރުމާއި، ރަށުގައި ރޯގާ ބަލިމަޑުކަމެއް ފެތުރޭނަމަ އެކަމުން ދަރިވަރުން ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަންބަލައި ސްކޫލްގެ ވެރިންނާއި ގުޅިގެން ފިޔަވަޅު އެޅުން.
  10. ސްކޫލުން ދަރިވަރުންނަށް ފޯރުކޮސްދޭ ފެނަކީ ޞިއްޙީގޮތުން ރައްކާތެރި ފެންތޯ ކަށަވަރުކުރުމާއި، ދަރިވަރުންނާއި ބެލެނިވެރިންނަށް  ޞިއްޙީ މައުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ސްކޫލްގައި ދަރިވަރުން ކިޔަވާ ދުވަސްތަކުގައި ދުވާލަކު އެއްފަހަރު ސްކޫލުގެ ދަރިވަރުން ކިޔަވާ ދުވަސްތަކުގައި ދުވާލަކު ނއެއްފަހަރު ސްކޫލުގެ ދަރިވަރުންގެ ފާހާނާތަކުގެ ޙާލަތު ބަލައި ސާފްތާހިރުކަމާއި ރައްކާތެރިކަން ކަށަވަރު ކުރުން.
  11. ދަރިވަރުންގެ ފާޚާނާތަކުގެ އެއްވެސް އެއްޗެއް ހަލާކުވެފައި ވާނަމަ އަދި ސާފްތާހިރުކަން ކުޑަކަމަށް ފާހަގަކުރެވޭނަމަ އެކަމެއް ސްކޫލުގެ އެޑްމިނިސްޓްރޭޓަރުގެ ސަމާލުކަމަށް ގެނައުން.
  12. ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް އެއްވެސް ދަރިވަރަކު ދާއިމީ ބައްޔަކަށް ފަރުވާ ނަގާތޯ ބެލުމާއި، އެފަދަ ދަރިވަރަކަށް ދާއިމީކޮށް ދޭންޖެހޭ ބޭހެއްހުރިނަމަ، އަދި ސްކޫލްގައި އުޅޭ ގަޑީގައި މިފަދަ ބޭހެން ދޭންޖެހިއްޖެނަމަ، އެދަރިވަރަކަށް ބެލެނިވެރިޔާ  މެދުވެރިކޮށް އެބޭސް ދެވޭނެ އިންތިޒާމު ހަމަޖައްސައި ލިޔުމުން އެކަން ކަށަވަރުކުރުން.
  13. ސްކޫލުގައި ކެންޓީނެއް ހިންގާނަމަ، އެކެންޓީނަކީ ސަރުކާރުގެ ކަމާގުޅޭ މުއައްސަސާގައި ރަޖިސްޓްރީ ކޮށްފައިވާ ތަނެއްކަން ކަށަވަރުކުރުމާއި، އެކަން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެޑިއުކޭޝަނަލް ސުޕަވިޜަން އެންޑް ކޮލިޓީ އިމްޕްރޫވްމެންޓް ޑިވިޜަނަސް އެންގުމާއި ކެންޓީނުންލިބެންހުންނަ ކާނާއާއި، ބުއިންތަކަކީ ޞިއްޙީ ގޮތުން ރަނގަޅު އަދި ރައްކާތެރި ކާނާއާއި ބުއިންތައްތޯ ކަށަވަރުކުރުން.
  14. ކޮންމެ އަހަރަކު ސްކޫލުގައި ހިންގާ ސްކޫލް ޙެލްތް ޙަރަކާތްތަކާއި ޕްރޮގްރާމްތަކުގެ ރިޕޯޓްތައްޔާރުކޮށް 10 ޑިސެމްބަރުގެ ކުރިން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެޑިއުކޭޝަނަލް ސުޕަވިޜަނަށް ސްކޫލްގެ ވެރިންނާ މަޝްވަރާކޮށްގެން ފޮނުވުން.

މަޤާމުގެ ޝަރުތުތައް:

  1. ' ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 

  1. 'މަތީ ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

 

  1. މަޤާމްގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް:

  • ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ޤާބިލްކަން ލިބިފައިވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

  1. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • ·         ވަޒީފާއަށް އެދޭ ފޯރމް މިމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ޅ.އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯރމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

  • މިމަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 30 ޖަނަވަރީ 2019 އާއި 05 ފެބްރުއަރީ 2019 އާ ދެމެދު، ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ވުމާއި އެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓް ކުރުން:

  • ·          މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

  • 30 އިންސައްތަ

 

އިތުރު މަޢުލޫމާތު ހޯދުން:

މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620010 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

20 ޖަނަވަރީ 2019