ދިވެހިރާއްޖެ
އިޢުލާން
ހޯލު އިމާރާތުގެ ފުރާޅުގެ ޓިނު ބަދަލުކުރުމާއި އަދި ސީލިންގ މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުން
މިސްކޫލުގެ ހޯލު އިމާރާތުގެ ފުރާޅުގެ ޓިނުބަދަލުކުރުމާއި އަދި ސީލިންގ އަމިއްލަތަކެތީގައި މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަންބަރ GS-169/IUL/2018/35 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާތިލްކޮށް މިމަސައްކަތް ކޮށްދޭނޭ ފަރާތެއްހޯދުމަށް އަލުންއިޢުލާނުކުރަމެވެ. މި މަސައްކަތް ކޮށްދިނުމަށް އެދިި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެވިޔަފާރި، ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިވާ ތާރީޚުގައި މިސްކޫލަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށްފަހު ކަނޑައެޅިފައިވާ ގަޑިއަށް މިސްކޫލަށް ހާޒިރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
|
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ފ. ބިލެއްދޫ ސްކޫލު (އޮފީސް) |
2019 ޖެނުއަރީ 27 |
އާދިއްތަ |
10:30 |
އަންދާސީ ހިސާބު ހުށައެޅުން |
2019 ޖެނުއަރީ 31 |
ބުރާސްފަތި |
10:30 |
މައުލޫމާތު ސާފުކުރުމަށް ހާޒިރުވާއިރު އެމީހަކާބެހޭ ފުރިހަމަ މައުލޫމާތު އެގޭފަދަ ލިޔުމެއް ހުށަހަޅަންވާނެއެވެ. ކުންފުނި ފަދަ ވިޔަފާރި ރަޖިސްޓްރީއަކުން މީހަކު ފޮނުވާނަމަ އެމީހަކީ އެފަރާތުންފޮނުވި ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާއިރު މިފަދަ ލިޔުމެއްނެތި ހުށައަޅާ އަންދާސީ ހިސާބުތަކާއި، މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެފައިނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި، އަދި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން އަންދާސީ ހިސާބު ތައްޔާރުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ މިސްކޫލްގެ 7952913 ނަންބަރާ ގުޅުއްވުމުން އެމަޢުލޫމާތެއް ދެވޭނެއެވެ.
14 ޖުމާދުލް އައްވަލު 1440