ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)282/282/2019/4
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 11:28
ސުންގަޑި: 27 ޖަނަވަރީ 2019 00:00
މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށު ޕިކަޕެއް ގަންނަން ބޭނުންވެއްޖެ

އިޢުލާން

މިކައުންސިލަށް ރަށު ޕިކަޕެއް ގަންނަން ބޭނުންވެއްޖެ.

މި ކައުންސިލަށް ރަށު ޕިކަޕެއް ގަތުމަށް ބޭނުންވެގެން މިކައުންސިލުން ކޮށްފައިވާ (IUL)282/282/2019/2 (8 ޖަނަވަރީ 2019) އިއުލާނާއި ގުޅިގެން މައޫލޫމާތު ސާފުކުރީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިއުލާން ބާތިލްކޮށް އަލުން ޢިއުލާނުކުރަމެވެ.

ބޭނުންވާ ޢަދަދު: 1

ބޭނުންވާ ސައިޒު: 1500 ކިލޯގެ ބެޓެރީ ރަށު ޕިކަޕް

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެފަރާތްތަކުގެ މަޢުލޫމާތު މިކައުންސިލްގެ މެއިލް [email protected]އަށް 23 ޖަނަވަރީ 2019 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މެއިލް ކުރެއްވުމަށްފަހު، މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގެ 9:00 ން 13:00 އަށް މިކައުންސިލްގެ މެމްބަރ މުޙައްމަދު އިބްރާހިމް ވަހީދު (ފޯނު ނަންބަރު9138813(އަށެވެ. ޕިކަޕް ވިއްކުމަށް އެދޭފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 27 ޖަނަވަރީ 2019 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި އިދާރާގައެވެ. ރަށު ޕިކަޕް ވިއްކުމަށް އެދި ހުށަހަޅާ އަންދާސީހިސާބު ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތައް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "މާއުނގޫދޫ ކައުންސިލަށް ރަށު ޕިކަޕް ވިއްކުމަށް" މިހެން ލިޔެފައި އޮންނާންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.

          މަޢުލޫމާތު ސާފުނުކުރައްވާ އެއްވެސް ފަރާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

         14 ޖުމާދަލްއޫލާ 1440

 

         20 ޖަނަވަރީ 2019

 

20 ޖަނަވަރީ 2019