ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2019/13
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 10:54
ސުންގަޑި: 28 ޖަނަވަރީ 2019 01:30
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އެސިސްޓެންޓް ފައިނޭންޝަލް އެނަލިސްޓް

ދައުލަތުގެ ޙިއްސާވާ ކުންފުނިތަކުގެ ހިސާބުތައް ބެލެހެއްޓޭނެ ރަނގަޅު ނިޒާމެއް ޤާއިމުކުރުމަށްޓަކައި ފައިނޭންޝަލް ދާއިރާއިން ތަޢުލީމު ޙާސިލްކުރައްވާ އަދި ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުންނަށް މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން އެސިސްޓެންޓް ފައިނޭންޝަލްއެނަލިސްޓްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ، ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  2018 ޖަނަވަރީ 28 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

ހިއުމަން ރިސޯސް ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން: 3349169 ، 3349252

ފެކްސް: 3338034

އީމެއިލް އެޑްރެސް: [email protected],

20 ޖަނަވަރީ 2019