ދިވެހިރާއްޖެ
c
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
މާމެންދޫ / ދިވެހިރާއްޖެ
ނަންބަރ: (IUL)403-M/403/2019/9
އިޢުލާނު
ޤަބުރުސްތާނު ސާފުކުރުމާއި ގުޅޭ:
މިރަށު ގަބުރުސްތާނު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެގެން ކުރި ނަންބަރު: (IUL)403-M/403/2019/3 (03 ޖަނަވަރީ 2019 ) އިޢުލާނާއި ގުޅިގެން އެއްވެސް 3 ފަރާތުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެކަމަށް އެދި ހުޅުވާލަމެވެ. ވީމާ މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިއަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
* މަޢުލޫމާތު ސާފުކުރުން: 24 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް
* އެސްޓިމޭޓް ހުށަހެޅުން: 31 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް
މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑް ނުވަތަ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. އަދި މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ޤާނޫނު ނަންބަރު (18/2014) ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ތަކަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
11 ޖުމާދަލްޢޫލާ 1440
17 ޖަނަވަރީ 2019
ޢަބުދުލް މުޙުސިން މުޙައްމަދު
ކައުންސިލްގެ ރައީސް