ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)197-A1/1/2019/4
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 24 ޖަނަވަރީ 2019 14:00
ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ރަޖިސްޓްރާރ ޖެނެރަލް

ވަޒީފާގެ ފުރުޞަތު

މަޤާމް

ރަޖިސްޓްރާރ ޖެނެރަލް

ރޭންކް

SP 6

ޢަދަދު

01

މަސައްކަތްކުރަންޖެހޭ ތަން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު  

އަސާސީ މުސާރަ

-/30,000 ރުފިޔާ (ތިރީސް ހާސް ރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް

1- ލިވިންގ އެލަވަންސް -/15,000 (ފަނަރަހާސް ރުފިޔާ)

2- ފޯނު އެލަވަންސް -/2000 (ދެހާސް ރުފިޔާ)

އަސާސީ ޝަރުޠު

ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވާ މީހެއްކަމުގައިވުމާއި، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުން،

މި ގޮތުން

1- އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު، ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން އަދި

2- ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި ނުވަތަ އެދެކަމުގައި މަސައްކަތްކޮށް މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ބަލައިގަތުން.

2- ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ ސުޕްރީމް ކޯޓުގެ ޤަވާއިދާއެއްގޮތަށްތޯ ކަށަވަރުކުރުން.

3- ސުޕްރީމް ކޯޓުގެ މައްސަލަތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.

4- ސުޕްރީމް ކޯޓުގެ ކަލަންޑަރު ތައްޔާރުކުރުން.

5- ސުޕްރީމް ކޯޓުގެ ޤަވާޢިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން އިބްތިދާއީ ބައްދަލުވުންތައް ބާއްވާ، ރިޔާސަތު ބެލެހެއްޓުން.

6- ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ޚަޞްމުންކުރެ ޚަޞްމެއްގެ އެދުމުގެ މަތީން އެފަރާތުގެ ވަކީލު ބަދަލުކުރުމުގެ ހުއްދަ ދިނުން.

7- މަދަނީ މައްސަލަތަކުގައި މައްސަލައިގައި ހިމެނޭ ފަރާތެއްގެ ބަދަލުގައި އަންނަ ފަރާތެއް ބަދަލުކުރުމުގެ ހުއްދަ ދިނުން.

8- މިނޫނަސް ސުޕްރީމް ކޯޓުން ޢަމަލުކުރާ ޤަވާޢިދުތަކާއި އުޞޫލުތަކުގައި ރަޖިސްޓްރަރގެ މަސްޢޫލިއްޔަތެއް ކަމުގައި ކަނޑައަޅާ ކޮންމެ ކަމެއް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި

1- ރަޖިސްޓްރާރ ޖެނެރަލްގެ މަޤާމު އަދާކުރެއްވިދާނެކަމަށް ޤަބޫލުކުރައްވާ ސަބަބު ބަޔާންކޮށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް އެޑްރެސްކޮށް ލިޔުއްވާ ސިޓީއާއި ސުޕްރީމް ކޯޓުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (މިފޯމް މިކޯޓުން އަދި މިކޯޓުގެ ވެބްސައިޓް www.supremecourt.gov.mv އިން ލިބެންހުންނާނެއެވެ.)

2- ރަޖިސްޓްރާކަމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ތަޢުލީމީ ސެޓްފިކެޓެއް ހުށަހަޅާނަމަ   އެ ސެޓްފިކެޓް އެކްރެޑިޓްކޮށް ތައްގަޑު ޖަހާފައިވާ އަސްލުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓު އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި ކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައިވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

7- ވަކާލާތު ކުރުމުގެ ހުއްދައިގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

8- ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ނޫންކަން އަންގައިދޭ އިލެކްޝަންސް ކޮމިޝަނުގެ ލިޔުމެއް.

9- ކެނޑިޑޭޓަކީ ސިޔާސީ ޕާޓިއެއްގެ މެމްބަރެއް ނޫންކަމަށާއި، އަދި ސިޔާސީ އެއްވެސް މަޤާމެއް ފުރަމުންދާ މީހެއް ނޫންކަމަށް އިޤުރާރުވާ ލިޔުން.

ސުންގަނޑި

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2019 ޖަނަވަރީ 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

މިމަޤާމަށް ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއުކުރުމުން އިންޓަރވިއުޕެނަލްގައި މިމަޤާމުގެ ވާޖިބުތައް އަދާކޮށްދެވޭނެ ކަމަށް ސާބިތުކޮށްދީ އިންޓަރވިއުއިން ފާސްވި ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.

17 ޖަނަވަރީ 2019