ދިވެހިރާއްޖެ
ނަންބަރ: IUL)221-ASS/221/2019/4)
އިޢުލާން
ދެ އަހަރު ދުވަހުގެ މުއްދަތަށް މި އޮތޯރިޓީގެ ސެކިޔުރިޓީ އާއި އަލިފާން ނިއްވާ ނިޒާމް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މި އޮތޯރިޓީގެ އޮފީސް އިމާރާތުގައި މިހާރު ބޭނުން ކުރަމުންދާ އިލެކްޓްރޯނިކްސް އެލާރމް ސިސްޓަމާއި، ސީސީޓީވީ ކެމެރާ ފަދަ އާލަތްތައް މެދުވެރިކޮށް އޮފީސް އިމާރާތް މޮނިޓަރ ކޮށް ބެލެހެއްޓުމާއި، އޮފީހުގެ އަލިފާން ނިއްވާ ނިޒާމް ސަރވިސްކޮށް ދެއަހަރުގެ މުއްދަތަށް ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: IUL)221-ASS/221/2019/1) (މ3 ޖަނަވަރީ 2019) އިޢުލާނުގައިވާ ލޮޓް 01 ގެ މަސައްކަތައް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ އަލުން ލޮޓް01 ގައިވާ މަސައްކަތް ކޮންދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 22 ޖެނުއަރީ 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޖެނުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި އޮތީރިޓީ އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތް ތަކަށް ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންވަމެވެ.
11 ޖުމާދަލްއޫލާ 1440