ދިވެހިރާއްޖެ
02 ޖަނަވަރީ 2019 ގައި ކުރެވުނު މިއިދާރާގެ ނަމްބަރ : (IUL)416-ESMSPR/416/2019/1އިޢުލާނަށް އަގު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢްލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މަޑަވެލީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރުއްތަކެއް ވަރުވާއަށް ދޫކުރުމާއި ބެހޭ!
ގދ. މަޑަވެލީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި، މަޑަވެލި އިންޖީނުގޭގެ (ފެނަކަ – ގދ. މަޑަވެލި ބްރާންޗް) ސަރަހައްދުގައިވާ 8 (އަށެއް) ރުށް އެންމެމަތީ އަގެއް ހުށަހަޅާ ފަރާތަކަށް ވަރުވާއަށް ދޫކުރުމަށް 2018 ވަނަ އަހަރުގެ 25 ވަނަ ޢާންމު ބައްދަލުވުމުންވަނީ ނިންމާފައެވެ.
ރުކެއް ވަރުވާއަށް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ 20.25ރ (ވިހި ރުފިޔާ ފަންސަވީސް ލާރި) އެވެ. ރުއްތައް ވަރުވާއަށް ދޫކުރެވޭ މުއްދަތަކީ 2 (ދޭއް) އަހަރެވެ. ނަމަވެސް، ރުއްތައް ވަރުވާއަށް ހިފާ ފަރާތުން އެގްރިމެންޓަށް މުއްދަތު އިތުރު ކުރަން ބޭނުންވެއްޖެ ހިނދެއްގައި އެގްރިމެންޓަށް މުއްދަތު އިތުރުކުރެވޭނެ އެވެ.
ވީމާ، މިކަމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން ރުއްތައް ވަރުވާއަށް ނަގާނެ ކުލި ބަޔާންކޮށް ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި، 2018 ޖަނަވަރީ 21 ވަނަ ދުވަހުގެ ހެނދުނު 09:30 އަށް ގދ. މަޑަވެލީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ލިޔުންތައް ބަލައި ނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.