ޢާންމު މަޢުލޫމާތު
ނަންބަރު: 371-B2/2019/06
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 21:43
ސުންގަޑި: 17 ފެބުރުވަރީ 2019 00:13
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ބިލެތްދޫން ގޯތި ދޫކުރުމުގައި ޕޮއިންޓްދޭ އުޞޫލް

1- ބިލެތްދޫން ގޯތިދޫކުރުމުގެ މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ބިލެތްދޫ ކައުންސިލްގެ އިދާރާއިން ކުރާ އިޢުލާނާ  ގުޅިގެން  ދޫކުރާ ގޯއްޗަށްއެދޭ ފޯމު ފުރާ ފޯމުގައި ހުށަހެޅުމަށް  ބުނާތަކެއްޗާއެކު ހުށަހަޅާ ފާރާތްތަކަށެވެ.

2- އިޢުލާންގައިވާ މުއްދަތަށް ފޯމު ހުށަހަޅަންވާނެއެވެ. މުއްދަތުގެ ފަހުން ހުށަހަޅާ ފޯމާއި، ތަކެތި ހަމަނުކޮށް ހުށަހަޅާ ފޯމު ބަލައެއް ނުގަނެވޭނެއެވެ. ގޯއްޗަށް އެދޭފޯމު ގައިވާ ކަންކަމަކީ ކޮންމެ މީހަކާމެދު ހިނގާފައިވާނެ ކަންކަން ކަމަށްނުވާތީ ކޮންމެ މީހެއްގެ އަތުގައި އެފަދަ ލިޔުންތަކެއް ނުހުންނާނެއެވެ. ވުމާއެކު ފޯމުބަލައިގަންނައިރު އެފަދަ ލިޔުމެއް ހުށަނާޅާނަމަ ބަލާނީ އެފަދަ މުއާމަލާތެއް އެފަރާތަކާމެދު އެއްވެސް އިރެއްގައި ހިނގާފައިނުވާކަމުގައެވެ. ނަމަވެސް ފޯމު ހުށައެޅިފަހުން ނުވަތަ ގޯތި ދޫކުރެވުނު ފަހުންކަމުގައިވިޔަސް  އެ ފަދަ ކަމެއް އެފަރާތަކާއި މެދު ހިނގާފައިވާކަން ސާބިތުވެއްޖެނަމަ އެމީހެއްގެ ފޯމު ބާޠިލްކުރެވޭނެއެވެ. އަދި ގޯތި ދޫކުރެވިފައިވާނަމަ އެމީހެއްގެ އަތުން ވަގުތުން އެގޯތި ވަކިކުރެވޭނެއެވެ.

3- ގޯތި ދޫކުރުމުގެ ޕްރޮގްރާމް ހިންގާނީ މި ޕްރޮގްރާމަށް ކަނޑައަޅާ 10 މެމްބަރުންގެ ކޮމިޓީއަކުންނެވެ. މިގޮތުން ކޮމިޓީގައި ހިމެނޭނީ، ބިލެތްދޫ ކައުންސިލްގެ އިދާރާގެ 2 ކައުންސިލަރ، ކައުންސިލްގެ އިދާރާގެ  2 މުވައްޒަފު، އާންމުންގެ ތެރެއިން 4 މެންބަރުން (އަންހެން 02 މެމްބަރުންނާއި ފިރިހެން 02މެމްބަރުން ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން 1 މެންބަރު، ކްލަބް ޖަމްއިއްޔާތަކުން 1 މެމްބަރެކެވެ.

4- ކައުންސިލަރުންނާއި ކައުންސިލްގެ އިދާރީ މުވައްޒަފުން ކަނޑައަޅާނީ ސެކްޝަންތަކުގެ މަޝްވަރާގެމަތީން ކައުންސިލްގެ ބައްދަލުވުމަކުންނެވެ. އާންމުންގެ ތެރެއިން ކޮމިޓީގައި ހިމަނާ 2 މެމްބަރުން ނަގާނީ އެކަމަށް ރައްޔިތުންގެ މެދުގައި ބާއްވާ ބައްދަލުވުމަކުންނެވެ. 4 ފަރާތަށްވުރެ ގިނަފަރާތުން ކުރިމަތި ލައިފިނަމަ 4 މެމްބަރުން ހޮވާނީ ވޯޓަކުންނެވެ. އާންމުންގެ ތެރެއިން އެއްވެސް ފަރާތަކުން ކުރިމަތިނުލައިފިނަމަ 10 މެމްބަރުން ހަމަކުރާނީ،ރަށު ކައުންސިލްގެ އިދާރާއިން ކަނޑައަޅާ އާންމު 4 މެމްބަރުން ހިމަނައިގެންނެވެ. ކްލަބް ޖަމްއިއްޔާތަކުން މެމްބަރަކު ކަނޑައަޅާނީ، މިކަމަށްޓަކައި ޖަމްއިއްޔާތަކުގެ މެދުގައި ބައްދަލުވުމެއް ބާއްވައިގެން އެ ބައްދަލުވުމުންނެވެ.

5- ކޮމިޓީގެ މަސައްކަތް ކުރަންވާނީ މަދުވެގެން 5 މެމްބަރުންގެ ހާޟިރުގައެވެ. އެއްވެސް ސަބަބަކާހުރެ އެއްވެސް މެމްބަރަކު ކޮމިޓީން މަދުވެއްޖެނަމަ އެމެމްބަރެއްގެ ބަދަލުގައި މެމްބަރަކު ހަމަޖައްސާނީ އެ މެމްބަރަކު ހޯދިގޮތަކަށެވެ.

6- ބިލެތްދޫން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓްގެ 20 ގޯއްޗެވެ. މިގޮތުން 20 ފަރާތަށްވުރެ ގިނަ ފަރާތްތަކުން ގޯއްޗަށް އެދިފައިވާނަމަ ގޯތި ދޫކުރެވޭނީ ބިލެތްދޫ ކައުންސިލުން ފާސްކޮށްފައިވާ މިގައިޑްލައިނުގެ 12 ވަނަ ނަމްބަރުގައިވާގޮތަށް ޕޮއިންޓް ދިނުމުން އެންމެ މަތިން މާކްސް ލިބޭ 20 ފަރާތަކާއެވެ. މިގޮތުން 20 ފަރާތަށް ވުރެ ގިނަ ފަރާތްތަކުން މާކްސް އެއްވަރު ވެއްޖެނަމަ އެ އެއްވަރުވި ފަރާތްތަކެއްގެ މެދުގައި ގުރުއަތު ލައިގެންނެވެ.

7- ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓް ހަމަވާބިމެއް ގޯއްޗެއްގެ ގޮތުގައި އެމީހަކަށް ލިބިފައިވާނަމަ މި ބުރުގައި ބިލެތްދޫން ގޯއްޗެއް ނުލިބޭނެއެވެ.

8- ބިލެތްދޫން ގޯތިދޫކުރުމުގައި މީގެކުރިން އެފަރާތަކަށް އެއްވެސް ގޮތަކުން ބިމެއްލިބިފައިވާނަމަ އެބިމަކާމެދު ވޭތުވެދިޔަ 5 އަހަރު ތެރޭގައި ޢަމަލުކޮށްފައިވާ ގޮތާއިމެދު ރިއާޔަތް ކުރެވޭނެއެވެ. މިގޮތުން 2000 އަކަފޫޓް ހަމަވާބިމެއް މީގެކުރިން ލިބިފައިމެ އެހެންމީހަކަށް އެބިން ދޫކޮށްލާފައިވާނަމަ މިބުރުގައި އެފަދަފަރާތަކަށް ގޯއްޗެއް ނުލިބޭނެއެވެ. ވޭތުވެދިޔަ އަހަރުކަމުގައި ބަލާނީ ފޯމުހުށަހެޅުމުގެ އެންމެ ފަހު ތާރީހާއި ހަމައަށް ހިނގާފައިވާ 5  އަހަރުދުވަހުގެ މުއްދަތަށެވެ.

9- 600 އަކަފޫޓް ހަމަނުވާބިމެއް ބިލެތްދޫން ލިބިފައިމެ، 2000 އަކަފޫޓްގެ ބިމެއްގެ ބޭނުމުގައި ކުރިން ބިލެތްދޫން ލިބުނުބިން ދޫކޮށްލާނަމަ ދޫކޮށްލަންވާނީ އެބިމެއް ބައިކޮށް  ބެހިފައިވާ އަސްލު ބެހެނިވެރިންގެ ތެރެއިން ގޯތި ނުލިބިވާ މީހަކަށެވެ. ނަމަވެސް މިގޮތުން ލިބޭ ބިންކޮޅު ދަރިއަކަށް ދިނުމަކުން އެފަރާތަށް ލިބުނު ބިން ދޫކުރެވުނު ކަމަކަށް ނުބެލެވޭއެވެ. ސަބަބަކީ ދަރިއަކަށް ދިނުމުން އެބަޔަކީ ދަރިންނަށް ކުރާހިބަ މައިންބަފައިންނަށް ނެގޭ އުޞޫލުން ނެގޭނެ ބަޔަކަށްވުމުން އެދޫކޮށްލިބަޔަކީ ހަމަ އެފަރާތަށްނެގޭނެ ގޮތަކަށް އޮންނަ ބަޔަކަށްވާތީއެވެ. މިނޫން ގޮތަކަށް ބިން ދޫކޮށްލާފައި ވާނަމަ ލިބޭ ޖުމްލަޕޮއިންޓުން 20 ޕޮއިންޓް އުނިކުރެވޭނެއެވެ.

10-  ޕޮއިންޓް ލިބޭ މިންވަރަށްބަލައި އިސްކަންދޭ ތަރުތީބުން ގޯތި ލިބޭ މީހުންގެ ލިސްޓަށް ދެމަފިރިއަކު ހޮވިއްޖެނަމަ ގޯތި ދޫކުރެވޭނީ އޭގެ ތެރެއިން އެންމެ މަތީ ޕޮއިންޓް ލިބޭ މީހަކަށެވެ. ޕޮއިންޓްގެ ގޮތުން ދެމީހުން އެއްވަރު ވެއްޖެނަމަ ގޯތި ލިބިގަންނާނެ ފަރާތެއް ނިންމާނީ އެދެމީހުންގެ މެދުގައި ވާހަކަ ދައްކައިގެންނެވެ. ދެމީހުންނަށް ގޮތެއް ނުނިމިއްޖެނަމަ ދެމަފިރިންނަށް ލިބޭ ގޯއްޗެއްގެ ގޮތުގައި ކަނޑައަޅާނީއެވެ. މިގޮތަށްވެސް އެއްބަސް ނުވެވިއްޖެނަމަ ގޯތިލިބޭ މީހެއް ކަނޑައަޅާނީ ކޮމެޓީ ޙާޟިރުގައި ދެމަފިރިންގެ މެދުގައި ގުރުއަތުލައިގެންނެވެ.

ޕޮއިންޓްލިބޭ ބައިތައް

ޢުމުރުގެ ބައި

1

ޢުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭނަމަ

3

2

ޢުމުރުން 25 އަހަރު ފުރި 30 އަހަރު ނުފުރޭނަމަ

5

3

ޢުމުރުން 30 އަހަރު ފުރި 35 އަހަރު ނުފުރޭނަމަ

7

4

ޢުމުރުން 35 އަހަރު ފުރި 40 އަހަރު ނުފުރޭނަމަ

9

5

ޢުމުރުން 40 އަހަރު ފުރި 45 އަހަރު ނުފުރޭނަމަ

11

6

ޢުމުރުން 45 އަހަރު ފުރި 50 އަހަރު ނުފުރޭނަމަ

13

7

ޢުމުރުން 50 އަހަރުން މަތި

15

ރަށްވެހިކަމުގެ ބައި

1

ބިލެތްދޫގެ ރައްވެއްސެއްގެ ގޮތުގައި ބިލެތްދޫގައި ދިރިއުޅޭތާ 1 އަހަރުވެފައިވާނަމަ

20

2

ބިލެތްދޫގެ ރައްވެއްސެއްގެ ގޮތުގައި ބިލެތްދޫގައި ދިރިއުޅޭތާ 1 އަހަރުނުވާނަމަ

10

3

އެހެންރަށެއްގެ ރަށްވެއްސަކު ބިލެތްދޫގެ ރަށްވެއްސަކާ އިނދެގެން ބިލެތްދޫގައި 2 އަހަރު ދިރިއުޅެފައިވާނަމަ

10

4

އެހެންރަށެއްގެ ރަށްވެއްސަކު ބިލެތްދޫގެ  ރަށްވެއްސަކާ އިނދެގެން ބިލެތްދޫގެ ދިރިއުޅޭތާ 2 އަހަރު ނުވާނަމަ

5

5

އެހެންރަށެއްގައި ދިރިއުޅޭ ބިލެތްދޫގެ ރައްވެއްސެއްނަމަ

5

ކައިވެނީގެ ބައި

1

ގޯއްޗަށް އެދޭމީހާ މީހަކާ އިނދެގެން އުޅޭނަމަ                                       

15

ބަލަދުވެރިންގެ ބައި

1

ގޯއްޗަށް އެދޭމީހާގެ18 އަހަރުން ދަށުގެ  ގޯއްޗެއްނެތް ކޮންމެ  އުފަންދަރިއަކަށް

5

2

ގޯއްޗަށް އެދޭމީހާގެ18 އަހަރުން މަތީގެ  ގޯއްޗެއްނެތް ކޮންމެ  އުފަންދަރިއަކަށް

3

3

އަނބިދަރިން ފިޔަވައި ޝަރުއީގޮތުން ބަލަންޖެހިފައިވާ18 އަހަރުންދަށުގެ ގޯތި ނެތް ކޮންމެ މީހަކަށް

5

4

އަނބިދަރިން ފިޔަވައި ޝަރުއީގޮތުން ބަލަންޖެހިފައިވާ18 އަހަރުން މަތީގެ ގޯތި ނެތް ކޮންމެ މީހަކަށް

3

ގޯއްޗަށް އެދޭމީހާއާއި، އަނބި/ފިރިމީހާގެ ގޯތި ގެދޮރުގެ ޙާލަތު

1

ގޯއްޗަށް އެދޭމީހާއަށް 600 އަކަފޫޓް ހަމަވާ ގޯއްޗެއް ނެތްނަމަ

30

2

ގޯއްޗަށް އެދޭމީހާގެ މަންމަ/ބައްޕަގެ ގޯތި ބެހެނިވެރިންގެ މެދުގައި ބެހުމުން ޖެހޭ މިންވަރު ކޮންމެ އަކަފޫޓަކަށް

0.02-

11-ޕޮއިންޓްލިބޭ ބައިތަކަށް ރިޢާޔަތް ކުރާނެގޮތް:

ހ-  18 އަހަރު ފުރިފައިވާކަމަށް ބަލާނީ ގޯއްޗަށްއެދި ފޯމު ހުށަހެޅުމަށް ކުރާ އިޢުލާނުގައި ފޯމު ހުށަހެޅުމުގެ އެންމެފަހު ތާރީޚާއި ހަމައަށް ނުވަތަ އެ ތާރީޙުގައި، މީލާދިގޮތުން 18 އަހަރު ފުރޭ ނުވަތަ 18 އަހަރު ފުރިފައިވާނަމައެވެ.

ށ-   18 އަހަރާއި، 40 އަހަރާ ދެމެދު ޢުމުރުގެ ތަފާތު ޕޮއިންޓްދޭނީ ޕޮއިންޓް ޝީޓްގައިވާ ގޮތަށް 18 އަހަރު ފުރި 25 އަހަރުނުފުރޭނަމަ 3 ޕޮއިންޓްދީ އަދި 25 އަހަރު ފުރި 30 އަހަރު ނުފުރޭނަމަ 5 ޕޮއިންޓް، 30 އަހަރު ފުރި 35 އަހަރު ނުފުރޭނަމަ 7 ޕޮއިންޓް، 35 އަހަރު ފުރި 40 އަހަރު ނުފުރޭނަމަ 9 ޕޮއިންޓް، މިގޮތުން 40 އަހަރުން މަތީގެ މީހެއްނަމަ ލިބޭނީ 11 ޕޮއިންޓެވެ. 45 އަހަރު ފުރިފައިވާނަމަ ލިބޭނީ 13 ޕޮއިންޓެވެ. 50 އަހަރު ފުރިފައިވާނަމަ ލިބޭނީ 15 ޕޮއިންޓެވެ. މިބައިން މީހަކަށް ލިބޭނެ އެންމެ ގިނަ ޕޮއިންޓަކީ 15 ޕޮއިންޓެވެ.

12- ރަށްވެހިކަމުގެ ބައި

ހ-  މިބައިގައި ބަލާނީ ބިލެތްދޫގައި ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީވެ، ދިރިއުޅެމުން ގެންދާތާ 1 އަހަރު ވެފައިވާ މިހުންނަށެވެ. މިކަން ކަށަވަރުކުރާނީ ދިރިއުޅުމުގެ އެންމެހާ ކަންތައްތައް ބިލެތްދޫގައި ހަމަޖެހިފައި ވާނަމައެވެ. ރަށްވެހިކަން ކަށަވަރުކުރާނީ ރަށުކައުންސިލްގެ އިދާރާގެ ރަށްވެހިކަމާބެހޭ ލިޔެކިޔުންތަކުންނެވެ.

ށ-   މިބައިގައި ބަލާނީ ބިލެތްދޫގައި ރަށްވެހިވެ ދިރިއުޅެމުންދާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާތާ 1 އަހަރު ނުވާމީހުންނެވެ. އަހަރުބަލާނީ މި ފޯމުހުށަހަޅަންޖެހޭ އެންމެފަހުގެ ތާރީޙަށެވެ. ރަށްވެހިކަން ކަށަވަރުކުރާނީ ރަށުކައުންސިލްގެ އިދާރާގެ ރަށްވެހިކަމާބެހޭ ލިޔެކިޔުންތަކުންނެވެ.

ނ-  އެހެންރަށެއްގެ ރައްވެއްސަކު ބިލެތްދޫގެ ރައްވެއްސަކާއި އިނދެގެން ބިލެތްދޫގައި ދިރިއުޅޭކަމުގައި ބަލާނީ އެމީހަކު އިދެގެން އުޅޭމީހެއްގެ އައިޑީ ކާޑުގައި ރަށްވެހިކަމުގެ ބައިގައި ދާއިމީ އެޑްރެސްގެ ގޮތުގައި ބިލެތްދޫ ހިމެނިފައި ވޭތޯއެވެ. މިގޮތުން ރަށްވެހިކަން ކަށަވަރު ކުރުމަށްފަހު ދެންބަލާނީ އެމީހަކު އާންމުކޮށް ދިރިއުޅޭ ރަށެކެވެ. އާންމުކޮށް ދިރިއުޅޭ ރަށެއްކަމުގައި ބަލާނީ އެމީހެއްގެ ދިރިއުޅުމުގެ ކަންކަން ހަމަޖެހި އާންމުކޮށް ބިލެތްދޫގައި ދިރިއުޅޭތާ 2 އަހަރު ވެފައިވާނަމައެވެ.

ރ-  މިބައިގައި ބަލާނީ ބިލެތްދޫގެ ރައްވެއްސަކާ އިނދެގެންއުޅޭ، ބިލެތްދޫގައި ދިރިއުޅޭތާ 2 އަހަރުނުވާނަމައެވެ.

ބ-  އެހެންރަށެއްގައި ދިރިއުޅޭ ބިލެތްދޫގެ ރަށްވެއްސެއްކަމުގައި ބަލާނީ އެންމެފުރަތަމަ އެމީހެއްގެ އައިޑީ ކާޑުގައިވާ ރަށްވެހިކަމުގެ ބައިގައި ދާއިމީ އެޑްރެސްގެ ގޮތުގައި ބިލެތްދޫ ހިމެނިފައި ވޭތޯބަލައި ރަށްވެހިކަން ކަށަވަރު ކުރުމަށްފަހު ބިލެތްދޫ ފިޔަވައި އެމީހަކު ދިރިއުޅޭ ރަށެކެވެ. އެމީހަކު ދިރިއުޅޭ ރަށެއް ބެލުމުގައި ފޯމުގައި މިހާރު އުޅޭ އެޑްރެސް އާއި، ފާއިތުވި 2 އަހަރު އެމީހަކު އުޅެފައިވާ ރަށަށް، ރަށްތަކަށް ރިއާޔަތް ކުރަންވާނެއެވެ.

ޅ-  ބިލެތްދޫ ފިޔަވައި ރާއްޖޭގެ އެހެންރަށެއްގެ ރަށްވެއްސެއް ކަމުގައި ބަލާނީ އެމީހެއްގެ އައިޑީ ކާޑުގެ ރަށްވެހިކަމުގެ ބައިގައި ބިލެތްދޫ ހިމެނިފައި ނުވާނަމައެވެ.

ނޯޓް: އެމީހަކު ދިރުއުޅޭ ތަނެއް ބެލުމުގައި ފޯމުގެ މިހާރު ދިރިއުޅޭ އެޑްރެހާއި، ފާއިތުވި 2 އަހަރުގައި އެމީހަކު އުޅެފައިވާ ރަށަށް/ރަށްތަކަށް ރިއާޔަތްކުރަން ވާނެއެވެ. އަދި ފޯމުގައި ބަޔާންކޮށްފައިވާ ކަންކަން ، ތަބީއީގޮތުން ހުރި، އަދި ހިނގަމުންދާގޮތަށް ކޮމިޓީން ރިއާޔަތް ކުރަންވާނެއެވެ. ބިލެތްދޫގައި ދިރިއުޅޭކަމަށް ބަލާނީ ދެމަފިރިންކުރެ އެކަކު ބިލެތްދޫގައި  ދިރިއުޅެމުން ގެންދާނަމައެވެ.

13-ކައިވެނީގެ ބައި

ހ-ގޯއްޗަށް އެދޭމީހާ މީހަކާ އިނދެގެން އުޅޭކަން ކަށަވަރުކުރުމުގައި ބަލާނީ، ފޯމާއެކު ހުށަހަޅާ އެމީހަކު މީހަކާ އިނދެގެން އުޅޭކަން އެނގޭނެ ޝަރުޢީ ލިޔުމުންނެވެ.

14-ބަލަދުވެރިންގެ ބައި

ހ- ގޯއްޗަށް އެދޭމީހާގެ، ގޯއްޗެއް ނެތް އުފަން ދަރިންކަމުގައި ބަލާނީ އެމީހެއްގެ ދަރިންކަމުގައި އެމީހަކު ބަޔާންކޮށްފައިވާ ފަރާތްތައް ސަރުކާރުގެ ދާއިރާތަކުން ބަލައިގެންނެވެ. މިގޮތުން އުފަންދަރިން ކަށަވަރު ކުރުމަށްފަހު އެދަރިންނަށް ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ގޯތިގެދޮރު ލިބިފައިވޭތޯ ބަލާނީއެވެ. މިކަން ބަލާނީ ސަރުކާރުގެ ކަމާބެހޭ ދާއިރާތައް މެދުވެރިކޮށްގެންނެވެ.

ށ- އަނބިދަރިން ފިޔަވައި ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުންކަށަވަރުކުރާނީ ޝަރުޢީލިޔުމަކުންނެވެ. ނުވަތަ ޢާއިލީގޮތުން އެންމެފުރަތަމަ ބަލަދުއަރާ ފަރާތަކީ ގޯއްޗަށްއެދޭ މީހާކަމުގައި ވާނަމައެވެ. ގޯތިނެތްމީހުން ކަށަވަރުކުރާނީ ސަރުކާރުގެ ދާއިރާތަކުން ބަލައިގެންނެވެ.   މިގޮތުން ބަލާއިރު ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ކުޑަނޫން ބިމެއް/ގޯއްޗެއް ލިބިފައިވާނަމަ މިބައިގެ ޕޮއިންޓެއް އެފަދަފަރާތަކަށް ނުލިބޭނެއެވެ.

15- ގޯއްޗަށް އެދޭމީހާއާއި ، އަނބި/ފިރިމީހާގެ ގޯތި ގެދޮރުގެ ޙާލަތު

ހ- ގޯއްޗަށް އެދޭމީހާއަށް600 އަކަފޫޓް ހަމަވާ ގޯއްޗެއް ނެތްކަން ކަށަވަރުކުރާނީ، ސަރުކާރުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށްގެންނެވެ. މިގޮތުން 600 އަކަފޫޓް ހަމަވާ ބިމެއް ލިބިފައި ވާކަމަށް ބަލާނީ، އެމީހެއްގެ ނަމުގައި ހަދާފައިވާ ބިމުގެ ރަޖިސްޓްރީއަކުންނެވެ.

ށ- ގޯއްޗަށް އެދޭމީހާގެ އަނބި/ފިރިމީހާއަށް 600 އަކަފުޓް ހަމަވާ ގޯއްޗެއް ރާއްޖޭގެ އެއްވެސް ރަށެއްގައި އޮތްކަން ނުވަތަ ލިބެންއޮތްކަން ކަށަވަރުކުރާނީ ސަރުކާރުގެ ކަމާބެހޭ ދާއިރާތައް މެދުވެރިކޮށްގެންނެވެ. މިގޮތުން 600 އަކަފޫޓް ހަމަވާ ބިމެއް ލިބިފައިވާކަމަށް ބަލާނީ އެމީހެއްގެ ނަމުގައި ހަދާފައިވާ ރަޖިސްޓްރީއަކުންނެވެ.

ނ- ލިބެން އޮތްކަމަށްބަލާނީ، ހިނގަމުންދާ ހިބައަކުން، ކޮށްފައިވާ ވަޞިއްޔަތަކުން، ތިމާއަށް ބައިލިބޭ ތަރިކައަކުން ނުވަތަ ރާއްޖޭގެ ރަށަކުން ގޯތި ދޫކުރުމަށް ހިންގާ މަޝްރޫއަކުން 2000 އަކަފޫޓް ހަމަވާ ބައެއް/ބިމެއް ލިބޭގޮތަށް އޮތްނަމައެވެ.

ރ- ގޯއްޗަށް އެދޭމީހާއަށް ރާއްޖޭގެ އެއްވެސްރަށަކުން/ތަނަކުން 600 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް ގޯއްޗަކުން ލިބި، ބެހެނިވެރިންގެ ތެރެއިން ގޯތިނެތް މީހަކުނޫން އެހެންމީހަކަށް އެބިންކޮޅު ދޫކޮށްފައިވާކަން ނުވަތަ ނޫންކަން ބަލާނީ އެމީހަކާއި، އެއްވެސް ފަރާތަކުން ގޯތިގެދޮރާއިބެހޭގޮތުން ކޮށްފައިވާ މުއާމަލާމާތެއްގެ/ މުއާމަލާތް ތަކެއްގެ ރަސްމީ ލިޔުންތަކުންނެވެ.

ބ- ގޯއްޗަށް އެދޭމީހާގެ ބައްޕަ/މަންމަ ގެ ގޯތިން ލިބިދާނެ ބައި ކަމަށްބަލާނީ އެގޯތީގެ އަކަމިން ބެހެނިވެރިންގެ މެދުގައި ބެހުމުން ގޯއްޗަށް އެދޭ މީހާއަށް ލިބޭ މިންވަރެވެ. މިގޮތުން ބެހެނިވެރިންކަމަށް ބަލާނީ މަންމަ/ބައްޕަގެ މިހާރު (ފޯމުހުށަހެޅުމުގެ އެންމެ ފަހު ތާރީހާއި ހަމައަށް) ދުނިޔޭގައިތިބި ދަރިންނާއި އެގޯތި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކެވެ.

16-  ތާރީޚު ނުވަތަ މުއްދަތު ބަލަންޖެހޭ ތަންތަނުގެ ތެރެއިން، މީހާގެ ޢުމުރު، ކައިވެނިކުރި ތާރީޚު، ޝަރުޢީގޮތުން މީހަކު/ކުއްޖަކު ބަލަންޖެހުނު ތާރީޚު، އެހެންރަށެއްގައި ދިރިއުޅޭތާވީދުވަހުގެ މުއްދަތުފަދަ ކަންކަމުގައި ތާރީޚު ބަލާނީ ގޯއްޗަށްއެދި ފޯމު ހުށަހަޅަން ކުރާ އިޢުލާނުގައި ފޯމު ހުށަހެޅުމަށް ދީފައިވާ އެއްމެ ފަހު ތާރީޚަށެވެ.

17-  ހުށަހަޅާ އައި.ޑީ.ކާޑަކީ މުއްދަތު ހަމަނުވާ އައި.ޑީ ކާޑަކަށް ވާންވާނެއެވެ.

18-  ކައިވެނީގެ ސެޓްފިކެޓް ނުވަތަ މީހަކާ އިނދެގެން އުޅޭކަމުގެ ލިޔުން ހުށަހަޅާއިރު ހުށަހަޅަންވާނީ، އެއީ ޞައްޙަ ސެޓްފިކެޓެއްކަން/ލިޔުމެއްކަން ކަމާބެހޭ ފަރާތުން ކަށަވަރު ކޮށްގެންނެވެ. ކަށަވަރު ކޮށްފައިވާކަމަށް ބަލާނީ އެތަނެއްގެ ތައްގަނޑު ޖަހައި ވެރިފަރާތުން ސޮއިކޮށްފައިވާނަމައެވެ. ކައިވެނީގެ ސެޓްފިކެޓެއްނަމަ އަސްލާއި އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ތައްގަނޑުޖަހާފައިވާ ކޮޕީއަކަށް ވާންވާނެއެވެ.

19-  ފޯމާއެކު ހުށަހެޅުމަށް ފޯމުގައި ބުނާ ހުރިހާ ލިޔުމެއް ހުށަހަޅަންވާނެއެވެ. އެއްވެސް ލިޔުމެއް މަދުވެއްޖެނަމަ އެފޯމެއް ބަލައެއް ނުގަނެވޭނެއެވެ. ނަމަވެސް މިއިދާރާގެ އިހްމާލުން އެއްވެސްކަމެއް ގޯސްކޮށް ހިނގާފައިވާނަމަ އެކަމެއް ރަނގަޅުކުރުމުގެ ފުރުޞަތު އެފަރާތަކަށް ދެވޭނެއެވެ.

20-  ފޯމު ބަލައިގަންނައިރު ފޯމު ހުށަހަޅާމީހާގެ ހާޒިރުގައި ފޯމުގައިވާ ހުރިހާ ބަޔަކަށް މަޢުލޫމާތު ހިމަނާފައިވޭތޯ ނުވަތަ ހުރިހާ ބަޔަކަށް ޖަވާބު ދީފައިވޭތޯ ޗެކްކުރެވޭނެއެވެ. އަދި މިގޮތުން ޗެކްކުރުމުގައި އެއްވެސް މަޢުލޫމާތެއް ހިމެނިފައިނުވާނަމަ ނުވަތަ އަތޮޅެއްގެ އަކުރެއްޖެހިފައި ނުވާނަމަވެސް އެކަމެއް ރަނގަޅުކޮށްގެން ގެނައުމަށް ފޯމު އަނބުރާ ފޮނުވާލެވޭނެއެވެ. ފުރިހަމަ މަޢުލޫމާތު ބަޔާންކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ކަމެކެވެ.

21-  ފޯމު ފުރާފައި ހުންނަންވާނީ ދިވެހިބަހުންނެވެ. އަދި ފޯމު ބަލައިގަންނަ ފަރާތައް ފޯމުގައި ލިޔެފައިވާ އެއްޗެއް ދޭހަވާ މިންވަރަށެވެ. ފޯމު ހުށަހަޅާއިރު ފޯމު ބަލައިގަންނަ ފަރާތަށް ދޭހަނުވާގޮތަށް ލިޔެފައިވާނަމަ ރަނގަޅަށް ދޭހަވާވަރަށް ފޯމު ރަނގަޅުކޮށްގެން ގެނައުމަށް ފޯމު އަނބުރާ ފޮނުވާލެވޭނެއެވެ. އަނބުރާ ފޮނުވާލެވޭ ފޯމުވެސް ފޯމު ހުށައަޅަންޖެހޭ ގަޑީގެކުރިން ހުށައަޅަންވާނެއެވެ. އަދި ތަކެތި ހަމަ ނުވެގެން ފޮނުވާލާ ފޯމުވެސް ފޯމު ހުށައަޅަންޖެހޭ ގަޑީގެކުރިން ހުށައަޅަންވާނެއެވެ.

22-  ފޯމުގެ އެއްވެސްތަނެއްގައި ޓިޕެކްސްޖަހައިގެން ނުވަތަ ރޮނގުދަމައިގެން ތަނެއް/ބައެއް ކަނޑާފައިވާނަމަ އެތަނެއްގައި އެބައެއްގައި ފޯމުގެ ވެރިފަރާތުން ސޮއިކުރަންވާނެއެވެ.

23-  ފޯމު ބަލައިގަންނާނީ އެކަމަށް ޚާއްޞަކޮށްފައިވާ ކައުންސިލް އިދާރާގެ މުވައްޒަފުން، ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ވަގުތު ތަކުގައެވެ.

24-  ފޯމު ފުރުމުގައި އެއްވެސް ސުވާލެއް އުފެދިއްޖެނަމަ ރަސްމީގެ ގަޑީގެ ވަގުތުގައި މިއިދާރާއަށް ގުޅުމުން ފޯމު ފުރާނެގޮތުގެ އިރުޝާދު ދެވޭނެއެވެ. މިއިދާރާގެ ނަންބަރަކީ: 6740013 އަދި އިދާރާއަށް ރަސްމީގަޑީގެ ވަގުތުގައި ވަޑައިގެންނެވިނަމަވެސް ފޯމު ފުރާނެގޮތުގެ މަޢުލޫމާތު ދެވޭނެއެވެ.

25-  ގޯތި ދޫކުރުމުގެ މަސައްކަތް ހިނގާނުހިނގާގޮތް ބަލަން ބޭނުންވާ އާންމު ރައްޔިތުންނަށް މަސައްކަތް ހިނގާނުހިނގާގޮތް ބެލުމުގެ ފުރުޞަތު ދެވޭނެއެވެ. މިގޮތަށް މަސައްކަތް ހިނގާގޮތް ބެލުމުގެ ފުރުޞަތު ދެވޭނީ އެއްވަގުތެއްގައި ގިނަވެގެން 3 މީހުންނަށެވެ.

26-  މި އިދާރާގެތެރޭގައި ނުވަތަ މި އިދާރާގެ ގޯތިތެރޭގައި ގޯއްޗަށްއެދޭ ފޯމު އެއްވެސް ފަރާތަކުން ފުރައިގެން ނުވާނެއެވެ.

27-  ރާއްޖޭގެ އެއްވެސް ރަށެއްގައި ދިރިއުޅޭމީހެއްނަމަ އެމީހަކު ހުށަހަޅަންޖެހޭނީ ފޯމުގެ އަސްލެވެ. ނަމަވެސް ރާއްޖެއިން ބޭރުގައިވާ ފަރާތެއްނަމަ ފޯމު ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި ފޯމު އީމެއިލް ކުރެއްވުމަށްފަހު ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާތާ 21 ދުވަހުގެ ތެރޭގައި ފޯމުގެ އަސްލު ހުށަހަޅަންވާނެއެވެ. މެއިލް އެޑްރެހަކީ [email protected] އެވެ. މެއިލްކުރާ ގަނޑުތައް ހަމައަށް މެއިލްކުރެވުނުކަން މިއިދާރާއަށް ގުޅައިގެން އެމީހަކު އަމިއްލައަށް ކަށަވަރުކުރަންވާނެއެވެ. މިއިދާރާއަށް ގުޅާނީ 6740013 ނަންބަރު ފޯނަށެވެ.

16 ޖަނަވަރީ 2019