ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)177-A2/1/2019/5
                    ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2019
                    ޕަބްލިޝްކުރި ގަޑި:  13:24
                                            ސުންގަޑި: 
                            06 ފެބުރުވަރީ 2019 01:00
                        
                    
                ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ސާކް ސްކަލްޕްޗަރ ސިމްޕޮސިއަމްގައި ބައިވެރިވުމުގެ ފުރުޞަތު
                                ޕާކިސްތާނުގައި މާޗް 2019 ގެ 12 އިން 14 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސްކަލްޕްޗަރ ސިންޕޮޒިއަމްގައި ރާއްޖޭގެ 4 ފަރާތަކަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.
މިފެސްޓިވަލްގައި ބައިވެރިވާ ފަރާތްތަކުގެ އެކޮމަޑޭޝަން އަދި ލޯކަލް ޓްރާސްޕޮޓޭޝަން ހަރަދު ހަމަޖައްސާނެކަމަށް ވަނީ އަންގަވާފައެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ ހަމަޖައްސަވަން ޖެހޭނީ ބައިވެރިވާ ފަރާތަކުންނެވެ.
ވީމާ، މިފެސްޓިވަލްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 06 ފެބުރުއަރީ 2019 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިސެންޓަރަށް ސީވީ ހުށަހެޅުން އެދެމެވެ. މިފެސްޓިވަލްއާއި ބެހޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއި އެކު ހިމަނާފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް 3344667 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
                16 ޖަނަވަރީ 2019