މަސައްކަތް
ނަންބަރު: (IUL)257/257/2019/5
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 08:51
ސުންގަޑި: 27 ޖަނަވަރީ 2019 00:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތިތައް ކޮންޓްރެކްޓަރ އުސޫން އެއްއަހަރުދުވަހަށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

މިރަށުގައި މިހާރު ޖަހާފައިވާ މަގުބައްތިތައް ކޮންޓްރެކްޓަރ އުސޫން އެއްއަހަރުދުވަހަށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

      މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 22 ޖެނުއަރީ 2019 ވާ އަންގާރަ ދުވަހު 13.00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށް ފަހު 27 ޖެނުއަރީ 2019 ވާ އާދީއްތަ ދުވަހު 13.00 އަށް މަސައްކަތްތައް ކުރެވޭނެ އަގު ބަޔާންކޮށް އަންދާސީ ހިސާބު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

       މަޢުލޫމާތު ސާފުކުރެއްވުމަށާއި، އެސްޓިމޭޓް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޟިރުވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރަން ޙާޟިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ.

       ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.

       09  ޖުމާދަލްއޫލާ 1440

       15   ޖެނުއަރީ  2019

15 ޖަނަވަރީ 2019