ދިވެހިރާއްޖެ
ބައިނަލްއަޤުވާމީ މުބާރާތެއްގެ ދަޢްވަތު
16 ވަނަ އަލްޖީރިޔާ އިންޓަރނޭޝަނަލް ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތަށް ދިވެހިރާއްޖެއަށް ވަނީ ދަޢުވަތު ލިބިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2019 މޭ މަހުގެ 25 ން 30 ށް ( 1440 ރަމަޟާން 20 ން 26 ށް) އަލްޖީރިއާގެ ވެރިރަށުގައެވެ. މުބާރާތުގައި ބައިވެރިވާ ފަރާތަށް ޓިކެޓު ޚަރަދާއި ހުރުމުގެ ޚަރަދު އަލްޖީރިއާ ސަރުކާރުން ދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަށް މަރްކަޒުން އެއްވެސް ޚަރަދެއް ކުރާގަތަށް ހަމަޖެހިފައި ނުވެއެވެ.
ބައިވެރިވުމުގެ ޝަރުޠު
1- ކީރިތި ޤުރްއާން ހިތުދަސް ފަރާތެއް ކަމުގައިވުން.
2- ޢުމުރުން 25 އަހަރު ނުފުރޭ ފަރާތެއް ކަމުގައިވުން.
3- ތަޖުވީދު ޙުކުމްތަކު މަތިން ފުރިހައަށް ކިޔަވަން ދަންނަ ފަރާތެއްކަމުގައިވުން.
4- މީގެ ކުރިން މި މުބާރާތުގައި ބައިވެރި ވެފައިވާ ފަރާތެއް ކަމުގައިނުވުން.
މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2019 ޖަނަވަރީ 31 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއާއެކު އައިޑީ ކާޑު ކޮޕީ، 1 ޕާސްޕޯޓް ސައިޒް ފޮޓޯ އަދި ވަނަވަރު ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތަށް ބައިވެރިޔަކު ހޮވާނީީ މަރުކަޒުން ބައިވެރިން އިމްތިޙާން ކުުރުމަށްފަހުގައެވެ.