މަސައްކަތް
ނަންބަރު: (IUL)13-K/13/2019/10
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 03 މާރިޗު 2019 10:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ތިލަފުށީގައި ހާމަޔަށް ކުނި އެންދުން ހުއްޓާލުމަށްޓަކައި މިހާރުން މިހާރަށް ބޭނުންވާ އިކުއިޕްމަންޓް ސަޕްލައި، ޑެލިވަރީ އަދި އިންސްޓޯލްކޮށްދޭނެ ފަރާެތެއް ހޯދުން

  1. ދިވެހި ސަރުކާރަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ގްރޭޓަރ މާލެ އެންވަޔަރަންމަންޓް މެނޭޖްމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް: ފޭސް1ގެ ދަށުން ތިލަފުށީގައި ހާމަޔަށް ކުނި އެންދުން ހުއްޓާލުމަށްޓަކައި މިހާރުން މިހާރަށް ބޭނުންވާ އިކުއިޕްމަންޓް ގަތުމަށް ވަނީ ހަމަޖެހިފައެވެ.
  2. މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ގެ އެދިލެއްވުމުގެ މަތިން ތިލަފުށީގައި ހާމަޔަށް ކުނި އެންދުން ހުއްޓާލުމަށްޓަކައި މިހާރުން މިހާރަށް ބޭނުންވާ އިކުއިޕްމަންޓް ސަޕްލައި، ޑެލިވަރީ އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ރާއްޖެއާއި ރާއްޖޭންބޭރުގެ ފަރާތްތަކަށް ހުޅުވާލަމެވެ. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ ހުށަހަޅަންޖެހޭނީ ތިރީގައިވާ ތާވަލްގައިވާ ޢަދަދަށް ކޮންމެ ލޮޓަކަށް ވަކިންނެވެ. އަދި ކޮންޓްރެކްޓްގައި ސޮއި ކުރެވޭ މުއްދަތުން ފެށިގެން 6 މަސް ދުވަސް ތެރޭގައި އިކުއިޕްމަންޓްސް ޑެލިވަރ ކުރަންޖެހޭނެއެވެ.

ލޮޓް ނަންބަރު

ތަފްސީލް

އަދަދު

ބިޑް ސެކިއުރިޓީ (ޔޫ.އެސް.ޑީ)

ލޮޓް 1

އިންޑަސްޓްރިއަލް އެންޑް މޮބިލައިޒޭޝަން ވޭސްޓް ޝްރެޑަރ

1

3،500.00

ލޮޓް 2

އިންޑަސްޓްރިއަލް އެންޑް މޮބައިލް ރޮޓޭޓިންގް ސީވިންގް މެޝިން

1

2،500.00

ލޮޓް 3

ބުލްޑޯޒަރ

1

4،000.00

ލޮޓް 4

އެކްސްކަވޭޓަރ، ވީލް ލޯޑަރ އެންޑް ވޭސްޓް ހެންޑްލަރ

2

11،500.00

ލޮޓް 5

އާރމް ރޯލް ޓްރަކް

2

5،500.00

ކޮންޓެއިނަރސް

20

ބިޑް ޑޮކިއުމަންޓްގައިވާ ގޮތުގެމަތިން އެއް ލޮޓް ނުވަތަ އެއްވުރެ ގިނަ ލޮޓަށް ބިޑް ކުރެވޭނެއެވެ.  

 3. މި ޕްރޮޖެކްޓަކީ އިންޓަރނޭޝަނަލް ކޮމްޕެޓެޓިވް ބިޑިންގް އުސޫލުން އޭ.ޑީ.ބީގެ ސިންގަލް ސްޓޭޖް ޓޫ އެންވަލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

 4. މި ބީލަމުގައި ބައިވެރިވެވޭނީ ތިރީގައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކަށް އެކަނިއެވެ.

ޝަރުތު

ލޮޓް 1

ލޮޓް 2

ލޮޓް 3

ލޮޓް 4

ލޮޓް 5

3 އަހަރު ދުވަހުގެ އެވަރޭޖެ އެނުއަލް ޓާރން އޯވަރ

ޔޫ.އެސް.ޑީ

1،460،000.00

ޔޫ.އެސް.ޑީ

896،000.00

ޔޫ.އެސް.ޑީ

1،560،000.00

ޔޫ.އެސް.ޑީ

4،6161،000.00

ޔޫ.އެސް.ޑީ

2،260،000.00

3 އަހަރު ދުވަހުގެ ތެރޭގައި މެއިން ސަޕްލަޔަރުގެ ގޮތުގައި މަދުވެގެން މިބާވަތުގެ 1 މަސައްކަތްކޮށްފައިވުން

ޔޫ.އެސް.ޑީ

292،000.00

ޔޫ.އެސް.ޑީ

179،200.00

ޔޫ.އެސް.ޑީ

312،000.00

ޔޫ.އެސް.ޑީ

923،200.00

ޔޫ.އެސް.ޑީ

452،000.000

 

5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ނެޝަނަލް ޓެންޑަރ

   މިނިސްޓްރީ އޮފް ފިނޭންސް،

   އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

   ފޯން: 3349101 3349106

   އީ-މެއިލް:[email protected]

   ކޮޕީ:[email protected]

6. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

7. ބީލަމުގައި ބައިވެރިވުމަށް -/1500 (އެއްހާސްފަސްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 16 ޖަނަވަރީ 2019 އިން 28 ފެބުރުވަރީ 2019އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00  އަށް މި މިނިސްޓްރީއިންނެވެ.

8. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 29 ޖަނަވަރީ ވާ އަންގާރަ ދުވަހުގެ 10:00ގައެވެ. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 5 ފެބުރުވަރީ 2019ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ 

9. ބީލަން ހުޅުވުން އޮންނާނީ 3 މާރިޗުވާ އާދިއްތަ ދުވަހުގެ 10:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

15 ޖަނަވަރީ 2019

 

 

15 ޖަނަވަރީ 2019