ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MHCL-HRM/1/2019/4
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 21 ޖަނަވަރީ 2019 14:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓަންޓް މެނޭޖަރ (ޙައްޖު އޮޕަރޭޝަންސް)

އިޢުލާނު

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އެސިސްޓަންޓް މެނޭޖަރ (ޙައްޖު އޮޕަރޭޝަންސް)

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރަ:

-/8,000 ރުފިޔާ

އެލެވަންސް

1. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް -/105 ރުފިޔާ ގެ ރޭޓުން

2. ސަރވިސް އެލަވަންސް: ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން

3. ފަންނީ އެލަވަންސް: ޑިގްރީ/ މާސްޓާރސް އަށް އަސާސީ މުސާރައިގެ %40

ފެންވަރުނުވަތަ ޝަރުތު:

  • އިސްލާމީ ފިޤުހު، ޝަރީޢާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ ޙައްޖާއި ޢުމްރާގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ޢަރަބިބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުމާއެކު ޢަރަބިބަހުން ލިޔެކިޔުންތައް ތައްޔާރުކުރަން އެނގުން.
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

  • ޙައްޖާއި ޢުމްރާ ދަތުރުތަކުގެ ލޮޖިސްޓިކްސް ހުރިހާ މަސައްކަތްތަކެއް ބެލެހެއްޓުމާއި އެކަންކަމާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ޙައްޖު އޮޕަރޭޝަންސް މެނޭޖަރ ގެ އިރުޝާދުގެ ދަށުން ކުރުން.
  • ޙައްޖު އޮޕަރޭޝަންސްއާ ގުޅުންހުރި ލިޔެކިޔުންތައް ބަލަހައްޓައި، އެކަމާގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
  • ޙައްޖުވެރިންނަށް ބޭނުންވާ ތަމްރީންތަކުގެ މެޓީރިއަލްތައް ތައްޔާރު ކުރުމުގައި ބައިވެރިވެ، ތަމްރީންތައް ރާވާ ހިންގުން.
  • ޙައްޖާއި ޢުމްރާގެ ދަތުރުތަކުގައި ސަޢުދީ ޢަރަބިއްޔާގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  •  ޙައްޖާއި ޢުމްރާއަށް ތައްޔާރުވުމަށް ސަޢުދީ ޢަރަބިއްޔާއަށް ކުރާ ދަތުރުތަކުގައި ބައިވެރިވުން.

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 14:30 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 21 ޖަނަވަރީ 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ ލިޔެކިޔުންތަކާއެކު [email protected] އަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ކަނޑައެޅޭ ގޮތެއްގެ މަތީން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ އިޚްތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

 

15 ޖަނަވަރީ 2019