ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MHCL-HRM/1/2019/2
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި: 21 ޖަނަވަރީ 2019 14:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ (ލީގަލް އެފެއަރޒް) ކަމް ކޮމްޕެނީ ސެކްރެޓަރީ

އިޢުލާނު

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އެސިސްޓެންޓް މެނޭޖަރ (ލީގަލް އެފެއަރޒް) ކަމް ކޮމްޕެނީ ސެކްރެޓަރީ

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރަ:

-/8,000 ރުފިޔާ

އެލެވަންސް

  1. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް -/105 ރުފިޔާގެ ރޭޓުން
  2. ސަރވިސް އެލަވަންސް: ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން
  3. ބޯޑް އެލަވަންސް: -/3,000 ރުފިޔާ
  4. ފަންނީ އެލަވަންސް: ޑިގްރީ/ މާސްޓާރސް އަށް އަސާސީ މުސާރައިގެ %40

ފެންވަރު ނުވަތަ ޝަރުތު:

  • ޤާނޫނު ނުވަތަ ޤާނޫނާއި ޝަރުޢީ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލު ކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވުން.
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން. އަދި ޢަރަބި ބަހުން މުޢާމަލާތު ކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

  • ކޯޕަރޭޝަންގެ އެކިއެކި ކަންކަމުގައި ޤާނޫނީ ލަފާދިނުމާއި އެކަމާ ގުޅޭ މަސައްކަތް ކުރުން.
  • ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއި މި ކޯޕަރޭޝަނާ ދެމެދު ވެވޭ އެއްބަސްވުންތައް ތައްޔާރު ކުރުމާ އެކަމާ ގުޅޭ އެންމެހާ މުޢާމަލާތްތައް ކުރުން.
  • ކޯޓުތަކުގައި ކޯޕަރޭޝަން ތަމްސީލު ކުރުމާއި، ކޯޓުތަކަށް ހުށަހަޅަންޖެހޭ ލިޔުންތައް ތައްޔާރު ކުރުމާއި، ކޯޕަރޭޝަނާ ދެކޮޅަށް ހުށަހެޅޭ މައްސަލަތަކުގައި ކޯޕަރޭޝަނަށް ޤާނޫނީ ގޮތުން އެހީތެރިވެދިނުން.
  • ކޯޕަރޭޝަންގެ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދެފަރާތުން ވެވޭ އެއްބަސްވުން ތައްޔާރުކުރުން.
  • ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތަށް ކޯޕަރޭޝަންގެ ޤަވާއިދުތައް ތައްޔާރު ކުރުމާއި އިސްލާޙްކުރުން.
  • ކުންފުނީގެ ފަރާތުން ކުރާ އެންމެހައި ކަންތައްތަކުގެ ތެރެއިން ޤާނޫނީ ލަފާ ބޭނުންވާ ކަންކަމުގައި ޑިރެކްޓަރުންގެ ބޯޑަށް ލަފާދިނުން.
  • ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރގެ ލަފާގެ ދަށުން ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑު ޖަލްސާތަކުގެ އެންމެހައި އިންތިޒާމްތައް ބެލެހެއްޓުން.
  • ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކުގެ ޔައުމިއްޔާ އާއި އިދާރީ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން
  • ޑިރެކްޓަރުންގެ ބޯޑުން ނިންމާ ކަންކަން ތަންފީޒު ކުރެވެމުންދާ މިންވަރު ބަލާ އެކަންތައް ކުރިއަށްދާގޮތުގެ މަޢުލޫމާތު ޑިރެކްޓަރުންގެ ބޯޑާ ޙިއްޞާކުރުން.
  • ޑިރެކްޓަރުންގެ ބޯޑުން ނިންމާ ކަންކަމަށް ތައްޔާރު ކުރަންޖެހޭ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރު ތައްޔާރު ކުރުމާއި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅުމަށްޓަކައި ތައްޔާރު ކުރަންޖެހޭ ބޯޑު ކަރުދާސް ތައްޔާރުކޮށް ހުށަހެޅުން.

 

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 14:30 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 21 ޖަނަވަރީ 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ ލިޔެކިޔުންތަކާއެކު [email protected] އަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ކަނޑައެޅޭ ގޮތެއްގެ މަތީން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ އިޚްތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

15 ޖަނަވަރީ 2019

15 ޖަނަވަރީ 2019