ދިވެހިރާއްޖެ
ނަންބަރު: IUL)196-C/1/2019/5)
އިޢުލާން
މިއޮފީހުގެ ގއ. ގޮފި ހިނގަމުންދާ ޢިމާރާތާއި ގޯތިތެރެ ފޮޅާ ސާފުކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)196-C/1/2018/71) އިޢުލާނު ބާޠިލްކުރުމަށްފަހު ތިންވަނަ ފަހަރަށް އިޢުލާނުކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2019 ޖަނަވަރީ 23 ވާ ބުދަ ދުވަހުގެ 11:00 އަށް މިއޮފީހުގެ ގއ. ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ޖަނަވަރީ 30 ވާ ބުދަ ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު، މިއޮފީހުގެ ގއ. ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެންނެތްވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިއޮފީހުގެ ގއ. ގޮފި ހިނގަމުންދަނީ ގއ. އަތޮޅު ކައުންސިލްގެ އިދާރާގެ ޢިމާރާތުގެ ތެރޭގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003287 ފޯނާއި، ނުވަތަ ގއ. ގޮފީގެ ނަންބަރު: 6820060 ފޯނާ ގުޅުއްވުން އެދެމެވެ.
ނޯޓު: މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.
09 ޖުމާދަލްއޫލާ 1440