މަސައްކަތް
ނަންބަރު: 200-VTR/IU/2019/03
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 12:43
ސުންގަޑި: 29 ޖަނަވަރީ 2019 11:00
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ޓްރައިބިއުނަލްގެ އޮފީސް ހިނގަމުންދާ މަޓީ ބިލްޑިންގގެ 02 އަދި 03 ވަނަ ފަންގިފިލާ ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:200-VTR/IU/2018/14 އިޢުލާނާ ގުޅިގެން އެކަށިގެންވާ އަދަދަކަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އެކަމަށް އަލުން ހުޅުވާލަމެވެ.

ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 29 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް ގ.ފަތުރުވެހި (މަޓީބިލްޑިންގެ 03 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 ފެބުރުވަރީ 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް (މަޓީބިލްޑިންގގެ 03 ވަނަ ފަންގިފިލާ) އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތުދެވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

15 ޖަނަވަރީ 2019