ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)334/334/2019/4
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 27 ޖަނަވަރީ 2019 13:00
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ކަޕް 2019

އިޢުލާން

ކައުންސިލް ކަޕް 2019، ފުޓްބޯޅަމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ޒުވާނުންނަށް ފުރުސަތު ހުޅުވާލައިގެން ބާއްވާ ފުޓްބޯޅަ މުބާރާތް "ކައުންސިލް ކަޕް 2019" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފީމެވެ.

މިމުބާރާތުގައި ރަށުން ބޭރު ޓީމްތަކަށްވެސް ބައިވެރިވެވޭނެއެވެ.

ބައިވެރިވުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިމުބާރާތުގައި ބައިވެރިވުމަށް ދޫކުރާ ފޯމް ފުރިހަމަ ފުރިހަމަކޮށް ހުށަހެޅުން އެދެމެވެ.

ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ 16 ޖަނަވަރީ 2019 ވާ ބުދަ ދުވަހުން ފެށިގެން 27 ޖަނަވަރީ 2019 ވާ އާދިއްތަ ދުވަހާއި

ހަމައަށް ރަސްމީ ކޮންމެ ދުވަހަކު 8.30 ން 13.00 ގެ ނިޔަލަށެވެ. ފޯމް ހުށަހަޅުއްވާއިރު ފޯމްގައިވާ މަޢްލޫމާތުތައް ރަނގަޅަށް ފުރިހަމަކޮށް

ހުށަހެޅުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފޯމް ހުށަހަޅަންވާނީ މިއިޢްލާނާއިއެކު ޢާންމުކޮށްފައިވާ ޤަވާއިދުތައް ރަނގަޅަށް ކިޔުމަށްފަހު ޤަވާއިދުގައިވާ ގޮތާއިމެދު އެއްބަސްވެ ހުރެއެވެ.

މުބާރާތުގެ ޤުރުއަތު ނަގާނީ 31 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި އިޖްތިމާއީމަރްކަޒްގައެވެ. މިއިޢްލާނާއިގުޅޭ ގޮތުން

އިތުރު މަޢްލޫމާތެއް ސާފުކުރަން ބޭނުންނަމަ 6640074 އަދި 7847227 ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

                   09 ޖުމާދުލްޢޫލާ 1440

                   15 ޖަނަވަރީ  2019 

15 ޖަނަވަރީ 2019