ތަމްރީނު
ނަންބަރު: (IUL)30-A4/30/2019/6
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 14 ފެބުރުވަރީ 2018 13:30
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ސްކޮލަރޝިޕް ފުރުޞަތު

ޔުނިވަރސަލްއެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފުލް ފަންޑިންގހަމަޖެހިފައިވާ ބެޗެލަރސް ޑިގްރީގެ 3 ކޯހަށް ކުރިމަތި ލުމުގެ ފުރުޞަތުހުޅުވާލަމެވެ. މި ކޯސްތަކާބެހޭ އިތުރު މަޢުލޫމާތާއި، ކޯހަށް އެދެންވީގޮތް އަދިއެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި ތިރީގައި އެވަނީއެވެ.

 
 
 

ތާރީހް: 06 ޖަނަވަރީ 2019

(IUL)30-A4/30/2019/6           : އިޢްލާން ނަމްބަރު

 

 ކޯހުގެ ދާއިރާ/  ކޯހުގެ ފެންވަރު

 ޤައުމު

ޢަދަދު

 
  •  ޖެނެރަލް އެގްރިކަލްޗަރ (ބެޗްލާރސްޑިގްރީ)
  • ވެޓެރިނެރަރީ ސައިންސް (ބެޗްލާރސް ޑިގްރީ)

މުއްދަތު: 03 އަހަރު

 އިންޑިއާ،ސްރީލަންކާ،   ބަންގްލަދޭޝް

 ޖެނެރަލްއެގްރިކަލްޗަރ (2 ފުރުޞަތު)
 ވެޓެރިނަރަރީ ސައިންސް (1 ފުރުޞަތު)

 

ކޯހުގެޝަރުތު:

  1.  ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.ސީ/ އެސް.އެސް.ސީ އިމްތިޙާނުގެ 05 މައްދާއިން 'ސީ' އިންފެށިގެން މަތީ ގްރޭޑެއް ޙާސިލް ކުރައްވައިފައިވުން. (މިމާއްދާތަކުގެ ތެރޭގައިކިޔަވަން ބޭނުންވާ ދާއިރާ އާ ގުޅޭ މާއްދާތައް ހިމެނެންވާނެއެވެ) ނުވަތަ ކޯހުގެދާއިރާއަކުން އެޑްވާންސްޑް ސަރޓިފިކެޓް ޙާޞިލް ކޮށްފައިވުމާއެކު އެގްރިކަލްޗަރނުވަތަ ވެޓަރިނަރީ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން. އަދި:
  2. ޖީ.ސީ.އީ އޭލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީގްރޭޑެއް ޙާޞިލްކުރައްވައިފައިވުން. (މިމާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާދާއިރާ އާ ގުޅޭ މާއްދާތައް ހިމެނެންވާނެއެވެ) ނުވަތަ އެއް މާއްދާއިންފާސްވެފައިވުމާއެކު އެގްރިކަލްޗަރ/ ވެޓަރިނަރީ ދާއިރާގައި 2 އަހަރު ދުވަހުގެތަޖުރިބާ ލިބިފައިވުން.
  3. ފުރަތަމަ ޝަރުތުގައި ބުނާ މައްދާތަކުގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ،އިނގިރޭސި ފާހެއް ޙާސިލްކޮށްފައިވުން. އަދި އިނގިރޭސި ފާހެއްކަމުގައިބަލާނީ:
    •  CAE/CPE އިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް
    • IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި
    • TOEFL އިން 550 އިން ފެށިގެން މަތި
    • ޖީ.ސީ.އީ އޯލެވެލް/ އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް

 

  • ޔުނިވަރސިޓީ ޕްލޭސްމަންޓާއެކު (އަންކޮންޑިޝަނަލް އޮފަރ) ހުށަހަޅާފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
 
 
 
 
 
 

އިތުރު މަޢުލޫމާތު:

އިތުރުމަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަމްބަރ 3339241އަށް ގުޅުއްވުން އެދެމެވެ.


 ނޯޓް: ކޯސްތަކަށް ކެންޑިޑޭޓުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއުޕްރޮސެސް އެއްގެ ތެރެއިންނެވެ. އަދި އިންޓަވިއުއަށް ދައުވަތު ދެވޭނީ ހަމައެކަނިޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ކޯސް އެވޯޑުކުރެވޭ ފަރާތް މިމިނިސްޓްރީއަށްޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.

 

ހުށަހަޅަންޖެހޭތަކެތި:

  • ސްކޮޕަރޝިޕް އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމްމިމިނިސްޓްރީގެ ވެބް ސައިޓުން www.fishagri.gov.mv ޑައުންލޯޑްކުރެވޭނެއެވެ.)
  • ތަޢުލީމީ ސެޓުފިކަޓުތަކުގެ ކޮޕީ (ފުލް ޓްރާސްކްރިޕްގެ ކޮޕީއާއެކު)އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ
  • ސްކޫލު ލީވިންގ ސެޓްފިކެޓް (ގްރޭޑް 10 އަދި 12ގެ)
  • މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާކަމުގެ ލިޔުންތައް
  • ޔުނިވަރސިޓީ ޕްލޭސްމަންޓް ލިބިފައިވާނަމަ ޔުނިވަރސިޓީ ޕްލޭސްމަންޓް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފަރާތުގެ ކޮޕީ
  • ސީވީ
  • އެއްވެސް އިދާރާއަކަށް ޚިދުމަތްކުރުމަށް ބޮންޑެއް އޮތް ފަރާތެއް ނަމަބޮންޑުކުރި ތަނަކުން އެބޭފުޅަކު ކުރިމަތިލާފައިވާ ކޯހަށް ދޫކުރާނެކަމުގެ ލިޔުން.
 

ސުންގަޑި: 14 ފެބްރުވަރީ  2019 ވަނަ ދުވަހުގެ 13.00 ގެ ކުރިން  މި މިނިސްޓްރީގެ މައި އިދާރާ ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ އަށް ހުށަހެޅުއްވުން އެދެމެވެ. 

 
15 ޖަނަވަރީ 2019