ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)430-DBA-I/430/2019/7
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 08:54
ސުންގަޑި: 24 ޖަނަވަރީ 2019 13:00
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އެސިސްޓެންޓް ރިސަރޗް އޮފިސަރ

`                            

 

ދިވެހިބަހުގެ އެކެޑަމީ

      މާލެ،

    ދިވެހިރާއްޖެ.

                                            ނަންބަރު: IUL)430-DBA-I/430/2019/7) 

 

 

  އިޢުލާން

 

 

މަޤާމް:

އެސިސްޓެންޓް ރިސަރޗް އޮފިސަރ

މަޤާމުގެ ނަންބަރު:

J-226728

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

ބަހާބެހޭބައި

މަޤާމް އޮތް އޮފީސް:

ދިވެހިބަހުގެ އެކެޑަމީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ / މާލެ

މުސާރަ:

4465.00 ރުފިޔާ

ސަރވިސް އެލެވަންސް:

1500.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް:

700.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަންގެ ބައިވެރިވުން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި މައިގަނޑު ވާޖިބުތައް:

  1. ބަހުގެ ރިސަރޗް ހެދުމަށްޓަކައި އެކެޑަމީން ރާއްޖެއާއި ރާއްޖޭން ބޭރަށް ހުށަހަޅާ ލިޔެކިޔުންތައް ތައްޔާރު ކުރުމުގައި އެހީތެރިވުން.
  2. ބަހުގެ ރިސަރޗް ހެދުމަށްޓަކައި ބޭނުންވާ ޑޭޓާ ނެގުމުގައި އެހީތެރިވުން.
  3. ބަހުގެ ދިރާސާ ކުރުމުގައި ތަންތަނަށްގޮސް ހޯދަންޖެހޭ މަޢުލޫމާތު ހޯދައި އެއްކުރުން.
  4. ރިސަރޗްތަކުން ހޯދާ މަޢުލޫމާތާއި ލިޔެކިޔުންތަކާއި، އޯޑިއޯ އަދި ވީޑިއޯ ފަދަ ތަކެތި، އޭގެ ޞައްޙަކަން ނުގެއްލޭގޮތަށް އަދި ސިއްރު ހިފެހެއްޓޭނެހެން ރައްކާތެރިކަމާ އެކު ބެލެހެއްޓުން.
  5. ރިސަރޗް މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެކެޑަމީން ކަނޑއަޅާ އުސޫލެއްގެ މަތިން އެ ފަރާތްތަކަށް ފޯރުކޮށްދިނުން.
  6. ބަހުގެ ތަފާތު ދިރާސާތައް ކުރުމަށްޓަކައި އެކަށައަޅާ ބަޖެޓުގެ ތެރެއިން މަސައްކަތް ރާވައި ހިންގުމުގައި އެހީތެރިވުން.
  7. ބަހުގެ ރިސަރޗް ރިޕޯޓު، ޕްރެޒެންޓޭޝަން އަދި އާޓިކަލްތައް ތައްޔާރު ކުރުމުގައި ރިސަރޗް ހަދާ ފަރާތްތަކަށް އެހީތެރިވުން.
  8. ދިވެހިބަސް ކުރިއެރުވުމަށްޓަކައި ކުރިޔަށް ގެންދާ ތަފާތު މުބާރާތްތަކާއި ބަހުގެ ތަރައްޤީއަށް ހިންގާ ތަފާތު ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވުން.
  9. އެކެޑަމީން ހިންގާ ބަހާ ގުޅުންހުރި ތަފާތު ކޯސްތައް ރާވައި ހިންގުމުގައި އެހީތެރިވުން.

 

 

މަޤާމުގެ ޝަރުޠުތައް:

 

  

މަޤާމުގެ ދާއިރާ:

 

ސާނަވީ ނުވަތަ އެ އާ އެއްފެންވަރުގެ އިމްތިޙާނަކުން  2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، "ސެކެންޑްރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް  އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ"  ގްރޭޑް ލިބިފައިވުން. 

 

ލިޓަރޭޗަރ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް ދިވެހިބަހުގެ އެކެޑަމީގެ  ވެބްސައިޓުން ލިބެންހުންނާނެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި އެކެޑަމީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖޭން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެނަވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.   

(ށ) މަތީ ތަޢުލީމުދޭ،  ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިކަން އަންގައިދޭ ރިފަރެންސް ޗެކް ފޯމް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 24 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ދިވެހިބަހުގެ އެކެޑަމީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. މިގޮތުން އީމެއިލް ކުރައްވާއިރު މަޤާމަށް އެދި ހުށައަޅާ ފަރާތްކަން އެނގޭނެ އީމެއިލް އެޑްރެހެއް ބޭނުންކުރެއްވުމަށް ސަމާލުކަން ދެއްވައި ހުރިހާ ލިޔެކިޔުން އެއް އީ-މެއިލްއެއްގައި ހަމައަށް ހިމެނުއްވުމަށްފަހު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެކުރިން  ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖެނުއަރީ 28 އާ 31 އާ ދެމެދު، ދިވެހިބަހުގެ އެކެޑަމީގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާގުޅިގެން އިތުރު  މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3028000/3028013 ނަންބަރު ފޯނާއެވެ.

އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

15 ޖަނަވަރީ 2019