ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-CAA/248/2019/7
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 08:19
ސުންގަޑި: 20 ޖަނަވަރީ 2019 12:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ޑާޓާބޭސް އެއްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް

`
                        

ނަންބަރު:IUL-248-CAA/248/2019/7                              

އިޢުލާން

ރަށުގެ ޑާޓާބޭސް އެއްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެ

           ރަށުގެ ޑާޓާބޭސް އެއްކުރުމުގެ މަސައްކަތް ވޮލަޓިއަރުންގެ ގޮތުގައި ކޮށްދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެއެވެ.

 

މަޤާމް:

ވޮލަންޓިއަރ

މަޤާމުގެ ނަންބަރު:

-

ބޭނުންވާ ޢަދަދު:

10  (ދިހައެއް)

މަޤާމުގެ ގިންތި:

ވޮލަންޓިއަރ

މަޤާމުގެ ރޭންކް:

-

މަޤާމުގެ ކްލެސިފިކޭޝަން:

ވޮލަންޓިއަރ

ސެކްޝަން:

ކޯޕަރޭޓިވް އެފެއާރޒް

ވޮލަންޓިއަރ ޚިދުމަތް ދޭންޖެހޭ އޮފީސް:

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

ވޮލަންޓިއަރ ޚިދުމަތް އަދާކުރަން  ޖެހޭތަން:

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

އެލަވަންސް:

މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/200 (ދުއިސައްތަ) ރުފިޔާ

ސާރވިސް އެލަވަންސް:

-

އިތުރު އިނާޔަތްތައް:

-

ވޮލަންޓިއަރުގެ މަސްއޫލިއްޔަތުތަކާއި

ވާޖިބުތައް:

  1. ރަށް 5 ގްރޫޕަށް ބަހައި ލުމަށްފަހު، އެ ގްރޫޕެއްގައި ހިމެނޭ ގޭގެއަށް ޒިޔާރަތްކޮށް އެ ގޭގައި ދިރިއުޅޭ 18 އަހަރުން މަތީގެ ބޭފުޅަކާއި، ބައްދަލުކޮށް އަނގަބަހުން ސުވާލުކޮށްގެން، ޙަވާލުކޮށްފައިވާ ފޯމް ފުރިހަމަކުރުން. އެ ގޮތުން މަދުވެގެން ކޮންމެ ދުވަހަކު 6 ގަޑީއިރު މަސައްކަތް ކުރުމާއި، އަދި އެ ދުވަހުގެ މަސައްކަތް ކޮންމެ ރެއެއްގެ 21:30 ގެ ކުރިން ކައުންސިލްގެ އިދާރާއާއި ޙަވާލު ކުރުން.

ވޮލަންޓިއަރުގެ ޝަރުޠުތައް:

1 - ގްރޭޑް 10 ކުން " ދިވެހި، އިސްލާމުން " ދަށްވެގެން " ސީ " ގްރޭޑް ލިބިފައިވުން.

2 – ގްރޭޑް 10 ކުން " ހިސާބު، އިނގިރޭސި " ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުން.

3 - ޝަރުޠު ފުރިހަމަނުވާ ފަރާތްތަކުންވެސް މި ކަމަށް އެދި ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވިފައިވެއެވެ. ނަމަވެސް ޝަރުޠު ހަމަނުވާ މީހުން ހޮވާނީ ޝަރުޠު ހަމަވާ މީހުން ނުލިބިއްޖެ ނަމަ މަސައްކަތުގެ ތަޖްރިބާއާއި އިންޓަވިއުގެ މައްޗަށް ބަލައިގެންނެވެ.

4 - އުމުރުން 18 އަހަރު ނުވާ ކުއްޖަކު މިކަމަށް އެދި ހުށަހަޅާނަމަ ބެލެނިވެރިޔާ އިޢުތިރާޟެއް ނެތްކަމުގެ ސިޓީ އޮންނަށް ޖެހޭނެއެވެ.

ވޮލަންޓިއަރުކަމަށް ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން.
  • މަސައްކަތުގެ ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަވިއުކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވޮލަންޓިއަރުގެ ޚިދުމަށް ދިނުމަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވޮލަންޓިއަރު ކަމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ސާފު ފޮޓޯ ކޮޕީއެއް.
  4. އެއްބަސް ވުމެއް އޮވެގެން އެއްވެސް ތަނެއްގައި ވަޒީފާއެއް އަދާކުރާނަމަ މި މަސައްކަތަށް ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ސްކޫލު ލީވިންގ ސެޓްފިކެޓުގެ ކޮޕީ.
  6. ގްރޭޑް 10 ކުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ.

6 . މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.

ވޮލަންޓިއަރުގެ ޚިދުމަތަށް އެދެންވީ ގޮތާއި ސުންގަޑި:

ވޮލަންޓިއަރު ކަމަށް އެދި ހުށަހަޅަންޖެހޭ ފޯމް (ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ) ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ވޮލަންޓިއަރު ކަމަށް އެދި ހުށަހަޅަންޖެހޭ ފޯމް 20 ޖަނަވަރީ 2019  ވަނަ ދުވަހު 12:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. ވޮލަންޓިއަރުގެ ޚިދުމަތް ދިނުމަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

ވޮލަންޓިއަރު ކަމަށް އެދޭ ފަރާތްތައް، އިންޓަވިއު ކުރުން އޮންނާނީ 23 ޖަނަވަރީ 2018 ވަނަ ދުވަހު 9:00 ގައި މިއިދާރާ ގައެވެ. ވުމާއެކު މިކަމަށް އެދި ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

ވޮލަންޓިއަރު ކަމަށް 15 ބޭފުންނަށް ވުރެން ގިނައިން ހުށަހަޅުއްވައިފިނަމަ ޝޯޓްލިސްކުރެވޭނެއެވެ.

ވޮލަންޓިއަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ

ހުރިހައި ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ:

ވޮލަންޓިއަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިޔާގެ ހުރިހައި ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށް ވުރެ މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

އިތުރު މައުލޫމާތު ސާފު ކުރުމަށް ބޭނުން ފުޅުވާނަމަ، މިއިދާރާގެ ނަންބަރު (ފޯނު: 6500013 ) އާއި ގުޅުއްވުން އެދެމެވެ.

                              

              މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

14 ޖަނަވަރީ 2019