ޢާންމު މަޢުލޫމާތު
ނަންބަރު: FNK-I/IUL/2019/009
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 16:13
ސުންގަޑި: 20 ޖަނަވަރީ 2019 13:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވެބްސައިޓް މަރާމާތުކޮށް ރީޑިޒައިން ކޮށްދޭނެފަރާތެއް ހޯދުމާއިގުޅޭ:

ނަންބަރު: FNK-I/IUL/2019/009  

 

އިޢުލާން

 

ވެބްސައިޓް މަރާމާތުކޮށް ރީޑިޒައިން  ކޮށްދޭނެފަރާތެއް ހޯދުމާއިގުޅޭ:

 

           މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކުންފުނީގެ ވެބްސައިޓް މަރާމާތުކޮށް ރީޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަންބަރ FNK-I/IUL/2018/131 އިޢުލާނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ.

                ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޖަނަވަރީ 2019 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މި ކުންފުނީގެ ހެޑް އޮފީހަށް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ޖަނަވަރީ 2019 ވާ ބްރާސްފަތި ދުވަހުގެ 11:30އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

             08 ޖުމާދަލް އޫލާ 1440

             14  ޖަނަވަރީ  2019

14 ޖަނަވަރީ 2019