ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)113-HRAD/1/2019/5
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:59
ސުންގަޑި: 20 ޖަނަވަރީ 2019 15:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް ސުޕަވައިޒަރ
ބޭނުންވާ އަދަދު :2

މުސާރަ:

މަހަކު -/5،380 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4،304 ރުފިޔާ)

 

އެހެނިހެން އިނާޔަތްތައް:

5،500ރ - 6،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ޝަރުތު:

އޯލެވެލް ނިންމައިފައިވުން

ނުވަތަ

- މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން އިން ހިންގާ ސްކިލްޑް ވޯކާސް ކޯސް ފުރިހަމަ ކޮށްފައިވުން

ސޭންޑް ބްލާސްޓް ކުރުމުގެ ދާއިރާއެއްގައި 04 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވާ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- އުޅަނދުފަހަރު މަރާމާތުކުރުމުގެ މަސައްކަތް ކުރުމާއި، ދަނބަރު ތެޅުމާއި، ބްލާސްޓްކޮށް، ދަވާދުލުމުގެ މަސައްކަތްކުރުން.

- މަރާމާތްކުރުމަށް ބޭނުންވާ އުޅަނދުފަހަރާއި، ތަކެތީގައި ކުރަންޖެހޭ ވެލްޑިންގ އަދި މެޓަލް ވާރކްސްގެ ކަންކަން ކުރުން.

- މަސައްކަތް ކުރުމުގައި ޤަވާއިދަށާއި، މީހުންނާއި، ތަކެތި އަދި ތަނުގެ ރައްކާތެރިކަމަށް ބަލައިގެން މަޤާމްގަ ވާޖިބުތަކާއި ގުޅޭގޮތުން ޑިޕާޓްމަންޓްއިން އަންގާ އެހެނިހެން މަސައްކަތްކުރުން.

މަސައްކަތްކުރަންޖެހޭ ތަން:

  ތިލަފުށި ޑިޕާޓްމެންޓް

މަޤާމް :ސްޓޯ ކީޕަރ
ބޭނުންވާ އަދަދު :1

މުސާރަ:

މަހަކު -/4,090 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3،272ރުފިޔާ)

 

އެހެނިހެން އިނާޔަތްތައް:

- 3،000ރ - 4،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 10 ނިންމައިފައިވުން ނުވަތަ ދިވެހި އަދި އިނގިރޭސި ބަހުން ލިޔެ ކިޔަން އެގުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.

- އިދާރީ މަސައްކަތްތައް ކުރަން އެނގުން.

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖް އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ސްޓޯރުން ދޫކުރާ ތަކެތި ހަވާލުކުރުމުގެ މަސައްކަތް ޕްރޮކިއުމަންޓް ޕޮލިސީ އާއި އެއްގޮތަށް ކުރުން.

- ސްޓޯރުން ތަކެތި ނެގުމަށް ފޮނުވާ ރިކުއިޒިޝަން ފޯމުތަކުގެ ރެކޯޑްސް ބެލެހެއްޓުން.

- ސްޓޯރުން ދޫކުރާ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން.

މަސައްކަތްކުރަންޖެހޭ ތަން:

ތިލަފުށި ޑިޕާޓްމެންޓް

މަޤާމް :އެސިސްޓެންޓް އޮފިސަރ
ބޭނުންވާ އަދަދު :2

މުސާރަ:

މަހަކު -/5380 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4304ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

- 3،000ރ - 4،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

އޭލެވެލް ނިންމައިފައިވުން.

ނުވަތަ

 - އޯލެވެލް ނިންމައިފައިވުމާއެކު މިފަދަ ދާއިރާއެއްގައި މަދުވެގެނެް 02 އަހަރު ދުވަހު އުޅެ   ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ކުންފުނީގެ އުޞޫލާތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޑިޕާޓްމަންޓުން ފޯރުކޮއްދޭ ޚިދުމަތްތަކުގެ ފައިސާ ބަލައިގަތުން ފައިނޭންސް ޑިޕާޓްމެންޓް އާއި ގުޅިގެން މަސައްކަތް ކުރުން.

- ޑިޕާޓްމަންޓުގެ ޚިދުމަތްތަކާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ފައިސާ އާއި ގުޅުންހުރި ރިޕޯޓްތައް ތައްޔާރުކުރުން.

- މުވައްޒަފުންގެ އެޓެންޑެންސް އާއި އެހެނިހެން ބޭނުންތައް ހިއުމަން ރިސޯސަސް ޑިޕާޓްމެންޓް އިން އިރުޝާދު ދޭ ގޮތައް މަސައްކަތް ކުރުން.

- އިދާރީ މަސައްކަތްތައް ކުންފުނީގެ އުޞޫލާތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބެލެހެއްޓުން.

މަސައްކަތްކުރަންޖެހޭ ތަން:

 ތިލަފުށި ޑިޕާޓްމެންޓް / އެހެނިހެން ޑިޕާޓްމެންޓް

މަޤާމް :ވެލްޑަރ
ބޭނުންވާ އަދަދު :2

މުސާރަ:

މަހަކު -/5500 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4400 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

- 3،000ރ - 4،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

މިދާއިރާއިން މޯލްޑިވްސް އެކްރިޑިޓޭޝަން ބޯޑްއިން އެކްރިޑޭޓްކޮށްފައިވާ ސެޓްފިކެޓް ލެވެލް ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓްއެއް ލިބިފައިވުން.

    ނުވަތަ

- ގްރޭޑް 10 ނިންމައިފައިވުން

- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- މަރާމާތުކުރުމަށް ބޭނުންވާ އުޅަނދުފަހަރުތަކުގައި ކުރަންޖެހޭ ވެލްޑިންގ އަދި މެޓަލް ވާރކްސް މަސައްކަތްތައް ކުރުން.

- ވެލްޑް އަދި މެޓަލް ވާރކްސް މަސައްކަތުގައި ބޭނުންކުރާ މެޝިނަރީސް އަދި އިކްއިޕްމަންޓްސް ރައްކާތެރިގޮތެއްގައި ބޭނުންކޮށް އެތަކެތި ބެލެހެއްޓުން.

- މަސައްކަތް ކުރުމުގައި ޤަވާއިދަށާއި، މީހުންނާއި، ތަކެތި އަދި ތަނުގެ ރައްކާތެރިކަމަށް ބަލައިގެން މަޤާމްގަ ވާޖިބުތަކާއި ގުޅޭގޮތުން ޑިޕާޓްމަންޓްއިން އަންގާ އެހެނިހެން މަސައްކަތްކުރުން.

މަސައްކަތްކުރަންޖެހޭ ތަން:

 ތިލަފުށި ޑިޕާޓްމެންޓް

މަޤާމް :ސެކިއުރިޓީ ގާޑް
ބޭނުންވާ އަދަދު :4

މުސާރަ:

- މަހަކު -/4،090 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3،272 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

- 2،000ރ– 3،000ރ  އާއި ދެމެދުގެ އަދަދެއް ލިބޭނެ.

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 10 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން

އަދި

- މިފަދަ މަޤާމެއް އަދާކުރުމުގެ ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ޑިޕާޓްމެންޓުގެ ޢިމާރާތްތަކާއި ކީވޯލްތައް އަދި އިކުއިޕްމެންޓްތަކަށް ގެއްލުމެއް ލިބިދާނެ ފަދަ ކަމެއްކުރޭތޯ ނުވަތަ ހިނގާފާނެތޯ ބެލުމާއި އެފަދަކަމެއް ބަޔަކުކުރާނަމަ ނުވަތަ އެފަދަ ކަންކަން ހުއްޓުމަށް މަސައްކަތްކުރުމާއިއެކު ސެކިއުރިޓީ އިސް އޮފިސަރަށް އެންގުން.

- ތިލަފުށި ވެސަލްރިޕެޔަރ ޔާރޑްގެސެކިޔުރިޓީ އެންމެ ފުރިހަމަޔަށް ފަރުވާތެރިކަމާއި އެކު ބެލެހެއްޓުން.

- ޑިޔުޓީގައި ހުންނައިރު ޔާރޑްގެ ހުރިހާހިސާބެއް ޗެކްކޮށް ރަގަޅަށް ބެލުން.

- މަސައްކަތުގެ މާހައުލަކީ އެންމެ ރައްކާތެރި ގޮތެއްގައި މަސައްކަތްކުރެވޭ ތަނަކަށް ހެދުމަށް އެއްބާރުލުންދީ އެފަދަ ކަންތައް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިވުން.

- މަޤާމްގަ ވާޖިދުތަކާއި ގުޅޭގޮތުން ޑިޕާޓްމަންޓްއިން އަންގާ އެހެނިހެން މަސައްކަތްކުރުން.

މަސައްކަތްކުރަންޖެހޭ ތަން:

  ތިލަފުށި ޑިޕާޓްމެންޓް

މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :4

މުސާރަ:

މަހަކު -/3,840 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3،072 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

2،000ރ– 3،000ރ  އާއި ދެމެދުގެ އަދަދެއް ލިބޭނެ.

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 08 ގެ ފެންވަރު ހުރުން

ނުވަތަ

- އަދި މިފަދަ މަޤާމެއް އަދާކުރުމުގެ ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

-  ވެލްޑަރުންގެ މަސައްކަތްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

-  ތިލަފުށީ ބޯޓް ޔާރޑް ސާފކޮށް ބެލެހެއްޓުމުގައި ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.

-  އުޅަނދުފަހަރު އެހެލާ ބޭލުމުގެ މަސައްކަތުގައި ސްޕަވައިޒަރުގެ އިރުޝާދު ދަށުން މަސައްކަތްކުރުން އަދި މޫދަށް ފައިބައިގެން މަސައްކަތްކުރަންޖެހިއްޖެ ހާލަަތެއްގައި އެކަންކުރުން.

-  އުޅަނދުފަހަރު މަރާމާތުކުރުމުގެ މަސައްކަތުގައި ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ދަބަރު ތެޅުމާއި، ބްލާސްޓްކޮށް، ދަވާދުލުމުގެ މަސައްކަތުގައި އެހީތެރިވުން.

- މަސައްކަތުގެ މާހައުލަކީ އެންމެ ރައްކާތެރި ގޮތެއްގައި މަސައްކަތްކުރެވޭ ތަނަކަށް ހެދުމަށް އެއްބާރުލުންދީ އެފަދަ ކަންތައް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިވުން.

މަސައްކަތްކުރަންޖެހޭ ތަން:

ތިލަފުށި ޑިޕާޓްމެންޓް

މަޤާމް :އޮފީސް އެޓެންޑެންޓް
ބޭނުންވާ އަދަދު :5

މުސާރަ:

މަހަކު -/3،840 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3،072 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

- 2،000ރ– 3،000ރ  އާއި ދެމެދުގެ އަދަދެއް ލިބޭނެ.

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- މާލެ ކޮމާޝަލް ހާބަރ އާއި ކުންފުނީގެ އިމާރާތްތައް ފޮޅާ ސާފު ކުރުމުގެ މަސައްކަތްތައް ކުރުން.

މަސައްކަތްކުރަންޖެހޭ ތަން:

 ލޯކަލް ހާބަރ ޑިޕާޓްމަންޓް

މަސައްކަތްކުރަންޖެހޭ ވަގުތު:

ދުވާލަކު 08 ގަޑިއިރު

ސުންގަޑި:

2019 ޖަނަވަރީ 20 ވާ އާދިއްތަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

-މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ   ލިޔެކިޔުންތައް

-     ޕޮލިސް ރިކޯޑް ފޯރމް (އެއްމަސް ހަމަނުވާ)

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

 

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ތެރޭ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
14 ޖަނަވަރީ 2019