މަސައްކަތް
ނަންބަރު: IUL)347/347/2019/5
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 23 ޖަނަވަރީ 2019 00:00
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން

އދ.ހަންޏާމީދޫގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ލޭންޑް ޔޫސް ޕްލޭނާއިބެހޭ މަޢުލޫމާތު ޝީޓު މި އިދާރާއިން ލިބިލައްވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، އެކަމަށް އެދި 23 ޖަނަވަރީ 2019 ވާ ބުދަދުވަހު 13:00 ގެ ކުރިން މި އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އަދި ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ 23 ޖަނަވަރީ 2019 ވާ ބުދަ ދުވަހު 13:00 ގައި ހަންޏާމީދޫ ކައުންސިލް އިދާރާގައި، އެކަމަށް ބޭއްވޭ ބައްދަލުވުމުގައި ބައިވެރިވެލައްވާ ފަރާތްތަކުގެ ހާޟިރުގައެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރ 6680056 ނުވަތަ 7779923 އާ ގުޅުއްވުން އެދެމެވެ.

13 ޖަނަވަރީ 2019