ދިވެހިރާއްޖެ
ފީވަކު ސްކޫލް
ފީވައް، ދިވެހިރާއްޖެ
ތާރީޚް: 14 ޖެނުއަރީ 2019 ނަންބަރު:GS-108/MIS/2019/01
ވަޒީފާގެ ފުރުޞަތު
މަޤާމް: ރިލީފް ޓީޗަރ (ކޮމްޕިއުޓަރ، ފިޒިކަލް އެޑިޔުކޭޝަން)
ބޭނުންވާ އަދަދު: 2
ވަޒީފާއޮތް އޮފީސް: ފީވަކު ސްކޫލް
ގިންތި: ވަގުތީ
ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : އެކަޑަމިކް (ފީވަކު ސްކޫލް)
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
(1) ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ކިޔަވައިދިނުމާއި ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
(2) ޓައިމްޓޭބަލް އާއި އެއްގޮތައް ކިޔަވާދިނުން
(3) ސްކޫލްގެ ވަސީލަތްތައް އެންމެ ފައިދާ ހުރި ގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރުން.
(4) ސްކޫލުގެ އައި.ޓީ.އާއި ގުޅޭ އެންމެހާ ކަންތައްތައް ކުރުން.
(5) މުޖްތަމަޢާއި ސްކޫލާއި އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުން.
ޝަރުތު:
ގްރޭޑް 10 ނިންމާފައިވުން
ސަރވިސް އެލަވަންސް (މަހަކު) |
މުސާރަ (މަހަކު) |
ރިލީފް ޓީޗަރުންނަށް ދެވޭނެ މުސާރަ އާއި އެލަވަންސް |
1500.00 ރުފިޔާ 1500.00 ރުފިޔާ 2500.00 ރުފިޔާ
|
4500.00 ރުފިޔާ 5500.00ރުފިޔ 6090.00 ރުފިޔާ |
ސާނަވީ ތަޢުލީމް ޙާސިލްކޮށްފައިވާާ ރިލީފް ޓީޗަރުންނަށް މަތީ ސާނަވީ ޙާޞިލްް ކޮށްފައިވާނަމަ ކިޔަވައި ދިނުމުގެ ރޮނގުން ޤައުމީ ސަނަދެއް ޙާޞިލް ކޮށް ފައިވާނަމަ |
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
- ފާއިތުވި އަހަރު ތަކުގައި ޓީޗަރެއްގެ ގޮތުގައި އުޅުއްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް
- މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލްގެ އޮފީހުންނާއި، ސިވިލް ސަރވިސްގެ ވެބްސައިޓް www.csc.gov.mvއިން ލިބިވަޑައިނަވާނެއެވެ.(
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީފީވަކު ސްކޫލުގެ އިދާރާއަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2019 ޖެނުއަރީ 22 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
އިންޓަރވިއު ކުރުން
ހ. މިމަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަރވިއު އޮންނާނީ 2019 ޖެނުއަރީ 22 ވަނަ ދުވަހުގެ ރޭ 20:30 ގައި ފީވަކު ސްކޫލް އޭ.ވީ. ރޫމުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ނޯޓް:
މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ފީވަކު ސްކޫލްގެ ގެ ނަންބަރު 6540543 ފޯނަށް ގުޅުއްވުން އެދެމެވެ.