ދިވެހިރާއްޖެ
ANGOLHITHEEM SCHOOL އަނގޮޅިތީމް ސްކޫލް
ރ.އަނގޮޅިތީމް R.Angolhitheem ދިވެހިރާއްޖެ Republic of Maldives
ނަމްބަރ:GS125/IUL/2019/04
އިޢުލާން
ސްކޫލުގެ އިސްވެރިޔާ ހުރުމަށް ގެއެއް (އެޕާޓްމެންޓެއް) ކުއްޔަހިފުމަށް ބޭނުންވެއްޖެ
މިސުކޫލުގެ އިސްވެރިޔާ (ޕްރިންސިޕަލް) ހުންނެވުމަށްޓަކައި ގެއެއް ކުއްޔަ ހިފުމަށް 04 ޑިސެންބަރ 2018 ގައި ކުރި އިޢުލާން ( އިޢުލާން ނަންބަރ GS125/IUL/2018/14 ) އާއި ގުޅިގެން ހުށައަޅުއްވައިފައިވާ އަންދާސީ ހިސާބުތައް ބާތިލްކޮށް، ސްކޫލްގެ އިސްވެރިޔާ ހުރުމަށް ގެއެއް ކުއްޔަށް ހިފުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުމަށް ފުރުސަތު އަރުވަމެވެ.
- މަޢުލޫމާތު ދިނުން:
މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 23 ޖެނުއަރީ 2019ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00އުން 14:20ކަށް ސުކޫލު އޮފީހަށް ހާޒިރުވެލައްވާ ބޭފުޅުންނަށް މައުލޫމާތު ސާފުކޮށްދިނުމުގެ ފުރުސަތު އޮންނާނެއެވެ.
- އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:
ގެ ކުއްޔަދޫކުރައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 28 ޖެނުއަރީ 2019 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގައި މި ސުކޫލް އޮފީހުގައެވެ.
ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، "ސުކޫލްގެ އިސްވެރިޔާ ހުރުމަށް ގެއެއް ކުއްޔަށް ހިފުން" މިހެން ލިޔެފައި އޮންނަންވާނެއެވެ މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި މައުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެކަންއެގޭނެ ސިޓީއެއްގެންނަންވާނެއެވެ.
08 ޖުމާދުލްއައްވަލް 1440
14 ޖެނުއަރީ 2019