ޢާންމު މަޢުލޫމާތު
ނަންބަރު: GS-35/2019/03
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 10:40
ސުންގަޑި: 20 ޖަނަވަރީ 2019 13:00
ނ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުމާއި ބެހޭ

 

c

 

Noonu Atoll School

N. Manadhoo

Republic of Maldives

 

ނ.އަތޮޅު މަދަރުސާ

ނ.މަނަދޫ

 

                                                   ނަމްބަރ 03GS35/2019/

އިޢުލާން

ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުމާއިބެހޭ.

                    2019 ވަނަ އަހަރު މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އިޢުލާނު

ކުރެވުނު މިސްކޫލްގެ ނަމްބަރ 27/2018/GS35 އިޢުލާނާއި ގުޅިގެން ދެވުނު މަޢުލޫމާތުގައި ބައެއް މަޢުލޫމާތުމަދުކަމަށް

ފެންނާތީ އެއިޢުލާނު ބާތިލްކޮށް އަލުން ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.

                     ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ޖެނުއަރީ 20 ވާ އާދިއްތަ ދުވަހުގެ 13.00 އަށް ސްކޫލަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޖެނުއަރީ 24 ވާ އާދިއްތަ ދުވަހުގެ 13.00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                     މި މަސައްކަތަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނުނަންބަރު 18/2014)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، ކުންފުނި، ޖަމްޢިޔާތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު( ޤާނޫނު 19/2014 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.     

                    މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި،އަންދާސީ ހިސާބު ހުށައަޅުއްވަން ވަޑައިގެންނެވެން ނެތްނަމަ ބަދަލުގައި އެހެން ފަރާތެއް ފޮނުއްވެވިދާނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ، ބަދަލުގައި ވަޑައިގަނަވާކަމުގެ ލިޔުމަކާއި، އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. އަދި އަންދާސީ ހިސާބު ހުށައަޅުއްވާއިރު ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބުތައް ކެނޑޭނީ އަންދާސީ ހިސާބު ހުށައަޅުއްވާ އެންމެންގެ ހާޟިރުގައިކަމުގައިވާތީ ހުރިހާފަރާތްތަކަކުންވެސް ގަޑިއަށް ވަޑައިގަތުމަށް ސަމާލުކަންދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ 6560003 ނަމްބަރު ފޯނާ ގުޅުއްވުން އެދެމެވެ.  

                         08 ޖުމާދަލްއައްވަލް 1440

                         14 ޖެނުއަރީ     2019

 

14 ޖަނަވަރީ 2019