ދިވެހިރާއްޖެ
ނަންބަރު: 04/2019
އިޢުލާން
ވަޒީފާގެ ފުރުޞަތު (އެޑްމިނިސްޓްރޭޓިވް އޮފިސަރ)
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
ރޭންކް: ޖީ.އެސް 3 ( ޖެނަރަލް ސަރވިސް 3 )
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
މަސައްކަތްކުރާތަން: ގދ.ގައްދޫ ކައުންސިލްގެ އިދާރާ
ޔުނިޓް: ކޯޕަރޭޓް އެފެއާޒް
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ މުސާރަ: -/4465 ރުފިޔާ
ސަރވިސް އެލަވަންސް: 1500.00 ރުފިޔާ
ސަޕޯޓިން ކޯ އެލަވަންސް 2: މަހަކު 700.00 ރުފިޔާ
ބޭނުންވާ އަދަދު: 01 (އެކެއް)
އެހެނިހެން އިނާޔަތްތައް:
- ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަސްތަކުގައި މަސައްކަތްކުރަން ހަމަޖެހިއްޖެނަމަ ބަންދުދުވަސްތަކުގެ ފައިސާ ދެވޭނެއެވެ.
- މީގެ އިތުރުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސުލުން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.
ތަޢުލީމާއި ތަޖުރިބާ/ފެންވަރު ނުވަތަ ޝަރުތު:
ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ
'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
މަޤާމުގެ މަސްޢޫލިއްޔަތު:
- ރަށުއޮފީހަށް ލިބޭފައިސާ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ބަލައިގަނެ މާލިއްޔަތުގެ ގާނޫނާއި އެއްގޮތަށް އައިޓަމްތަކަށް ވައްދައި ދުވަހުންދުވަހަށް ތިޖޫރިއަށް ޖަމާކުރުން.
- މުވައްޒަފުންގެ މުސާރަޝީޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވުމާއި އޮފިހުން ހަވާލުކުރަންޖެހޭ މުސާރައާއި އުޖޫރަ އަދި އެހެނިހެން ފައިސާ ލިބެންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ގަވާއިދާއި އެއްގޮތަށް ހަވާލުކުރުން.
- ސެކްޝަނުން ހަދަންޖެހޭ ފައިސާއާއިބެހޭ ރިޕޯޓްތައް ގަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ހަދައި ކޮންމެ މަހެއްގެ 10 ވަނަދުވަހުގެ ކުރިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ރަށުއޮފީހުގެ ބަޖެޓުންނާއި ރަށުއޮފީސް ޒިއްމާވާ ގޮތަށް ކުރެވޭ ކަންތައްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ވައުޗަރ ތައްޔާރުކުރުމާއި އެކަމާއިގުޅިގެން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް މާލިއްޔަތުގެ ގާނޫނާއި ގަވާއިދާއި އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުމާއި ފައިސާއާއިބެހޭ ލިޔެކިޔުންތައް ފަސޭހައިން ފެންނަގޮތަށް ފައިލްކޮށް ބެލެހެއްޓުން.
- މުދަލުގެ ޒަކާތާއި ފިތުރު ޒަކާތް ބަލައިގަތުމާއި އެކަމަށްލިބޭ ފައިސާ ގަވާއިދުން ބަލައިގަނެ ޖަމާކުރުމާއި އެފައިސާ ހަވާލުކުރުމަށް ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުން.
- ސެކްޝަނުން ލިޔަންޖެހޭ ސިޓީ، މެސެޖް އެހެނިހެން ލިޔުންތައް ލިޔުން.
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
24 ޖަނަވަރީ 2018 ވަނަ ދުވަހު 13:30 ގެކުރިން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ އެހެނިހެން ލިޔުންތަކާއި އެކު ގައްދޫ ކައުންސިލްގެ
އިދާރާއަށް.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
އިންޓަރވިއުކުރުން.
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުތު ފުރިހަމަވާ ފަރާތްތަކާއި އެވެ.
- އިންޓަރވިއު ކުރުން އޮންނާނެ ތާރީޚާއި ގަޑި ލިޔުމުން އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް މިއިދާރާއިން އަންގަމުން ގެންދާނެއެވެ.
- އިންޓަރވިއު އޮންނާނީ ގައްދޫ ކައުންސިލް އިދާރާގައެވެ.
އިތުރު މަޢުލޫމާތު:
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6840003 ނަންބަރ ފޯނާއެވެ. ފެކްސް ނަންބަރަކީ 68400013 އެވެ.
އެހެނިހެން ކަންތައްތައް:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހެޅުންތަކާއި އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަނެވޭނެއެވެ.
- އެކްރެޑިޓް ނުކޮށް ހުށަހަޅާ ލިޔުންތަކަށް މާރކްސް ނުދެވޭނެއެވެ.
- އުމުރުން 55 އަހަރު ނުފުރޭ މީހަކަށްވުން.
މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 ޖަނަވަރީ 2019
އިސްމާއިލް ޝަމީމް
އ.ޑިރެކްޓަރ