ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177-A2/1/2019/2
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 10:23
ސުންގަޑި: 31 ޖަނަވަރީ 2019 00:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
9 ވަނަ ބެއިޖިން އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު

    ޗައިނާގެ ބެއިންޖިންގައި އޭޕްރީލް 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބެއިޖިން އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލްގައި ރާއްޖެއިން ބައިވެރިވުމަށްވަނީ ދަޢުވަތު އަރުވާފައެވެ.

    މި ފެސްޓިވަލްގެ 4 ސެކްޝަނެއްގައި ފިލްމު ބައިވެރި ކުރުމަށްވަނީ ހުޅުވާލާފައެވެ. މީގެތެރެއިން ޓީއާންޓަން އެވޯޑް ކޮމްޕެޓިޝަން ސެކްޝަންގެ 10 ކެޓަގަރީގައި ވާދަކުރެވޭނެއެވެ. ވާދަކުރެވޭ ކެޓަގަރީތަކުގެ ތަފްޞީލް މި އިޢުލާނާއެކުވާ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވެއެވެ. ފިލްމު ޕެނޮރާމާ އައުޓް އޮފް ކޮމްޕެޓިޝަން ސެކްޝަންގައި ބައިވެރިކުރާ މޮޅު ފިލްމުތައް ފެސްޓިވަލް ތެރޭގައި ބެއިޖިން ތިއޭޓަރގައި ދެއްކޭނެއެވެ. އައު ފިލްމު އުފެއްދުންތެރިންގެ ހުނަރު ދައްކާލުމަށް ފޯވާޑް ފިއުޗަރ ސެކްޝަންގައި ފިލްމު ބައިވެރި ކުރެވޭނެއެވެ. މި ސެކްޝަންގެ ތިން ކެޓަގަރީއެއްގައި ވާދަކުރެވޭނެއެވެ. މީގެ އިތުރުން 60 މިނެޓްއަށްވުރެ ކުރުނޫން ޑޮކިއުމެންޓްރީ ފިލްމުތައް ޑޮކިއުމެންޓްރީ ސެކްޝަންގައި ބައިވެރި ކުރެވޭނެއެވެ.  

    ވީމާ، މިފެސްޓިވަލްގައި ފިލްމުތައް ބައިވެރިކުރުމަށްއެދޭ ފަރާތްތަކުން 31 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ކުރިން ޔޫ.އާރ.އެލް http://system.bjiff.com/filmfestival/ އިން އޮންލައިން ރެޖިސްޓްރޭޝަން ފުރިހަމަ ކުރެއްވުމަށް އެދި ދެންނެވީމެވެ. އޮންލައިން ރެޖިސްޓްރޭޝަންގެ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، އެޕްލިކޭޝަން ފޯމް ފުރުމަށްފަހު 29 ޖެނުއަރީ 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި ސެންޓަރަށް ފޮނުއްވައި ދެއްވުން އެދި ދެންނެވީމެވެ. އަދި މި ފެސްޓިވަލްއާ ބެހޭ އިތުރު މަޢުލޫމާތު އިޢުލާންއާއެކު ހިމަނާފައިވާނެ ވާހަކަ ދެންނެވީމެވެ.  

14 ޖަނަވަރީ 2019