ދިވެހިރާއްޖެ
އިޢުލާން
- ރުށްތަށް ކަނޑާދޭނެ ފަރާތެއް ބޭނުންވެއްޖެ:
މިކައުންސިލުން ކަނޑަން ބޭނުންވާ ރުއްތައް ކަނޑާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 17 ޖަނަވަރީ 2019 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 ޖަނަވަރީ 2019 ވާ ބުދަ ދުވަހުގެ 13:30 އަށް އަންދާސީ ހިސާބު ހުށަހުޅުއްވުންއެދެމެވެ.
މިމަސައްކަތަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މިއިދާރާގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލުވުމަށް ޙާޞިރުވެވަޑައިނުގަނެވޭނަމަ ސިޓީއަކާއިއެކު ބަދަލުގައި ބޭފުޅަކު ފޮނުއްވިދާނެއެވެ. ނަމަވެސް ފޮނުވަންވާނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ، އަންދާސީ ހިސާބު ހުށަނާޅާ އެހެން ފަރާތެކެވެ.
މަޢުލޫމާތު ދިނުމުގެބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ.
08 ޖުމާދުލްއޫލާ 1440
14 ޖަނަވަރީ 2019