ދިވެހިރާއްޖެ
މަޤާމު: |
ޑިރެކްޓަރ ޖެނެރަލް |
ރޭންކު: |
CSC7-1 |
ކްލެސިފިކޭޝަން: |
ސީ.އެސް.ސީ. ޑިރެކްޓަރ ޖެނެރަލްސް |
ޑިވިޜަން: |
ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓް |
ޑިވިޜަނުގެ މައިގަނޑު މަސައްކަތް: |
ސިވިލް ސަރވިސްގެ އިދާރާތަކުގެ ވަޒީފާދިނުމާ ގުޅޭ ކަންކަމާ، ސިވިލް ސަރވިސްގެ ޕޮލިސީ އަދި އެސެސްމަންޓްތައް، އަދި އިދާރާތަކުގެ މަގާމުތަކުގެ އޮނިގަނޑުތަކާ އަދި އިދާރީ އޮނިގަނޑުތަކާ ގުޅޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން. |
މުސާރަ: |
މަހަކު -/ 13890 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/ 2000 ރުފިޔާ |
ލިވިންގ އެލަވަންސް: |
މަހަކު -/ 5000 ރުފިޔާ |
ސްޕެޝަލް ޑިއުޓީ އެލަވަންސް: |
މަހަކު 4861.50 ރުފިޔާ (އަސާސީ މުސާރައިގެ %35) |
އޯވަރޓައިމް އެލަވަންސް: |
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ގިންތި: |
ދާއިމީ |
އަސާސީ ޝަރުތު: |
ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، 4 އަހަރު ދުވަހުގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއާގުޅޭ ތަޖުރިބާ ލިބިފައިވުން. އޭގެ ތެރޭގައި 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއިން ބެޗެލަރސް ޑިގްރީ ނުވަތަ އޮނަރސް ޑިގްރީ ފުރިހަމަކޮށްފައި ވުމާއެކު، 6 އަހަރު ދުވަހުގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއާ ގުޅޭ ތަޖުރިބާ ލިބިފައިވުން. އޭގެ ތެރޭގައި 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
މީގެ އިތުރުން "ޑައިރެކްޓަރ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތު، ޒިންމާ އަދި މަސައްކަތްތައް"، ކޮމިޝަނުގެ ވެބަސައިޓުން ޑައުންލޯޑުކުރެވޭނެއެވެ. |
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: |
2019 ޖަނަވަރީ 21 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (މަޖީދީ މަގު، މާލެ، 20040) |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
"ޑައިރެކްޓަރ ޖެނެރަލްގެ މަގާމަށް އެދޭ މީހުން ސްކްރީން ކުރުމާއި، ހޮވުމާއި ޢައްޔަނު ކުރުމުގެ އުޞޫލު" ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.
|
ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު 2019 ޖަނަވަރީ 22 ން 2019 ފެބްރުއަރީ 05 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (މަޖީދީމަގު، 20040 /މާލެ) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307306 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ. |
|
07 ޖުމާދަލްއޫލާ 1440ހ 13 ޖަނަވަރީ 2019މ |